ދުނިޔެ

ފިލިޕީންސް ފެރީއެއް 251 މީހުންނާ އެކު ބަންޑުން ޖަހާލައިފި

ފިލިޕީންސަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެރީއެއް ބަންޑުން ޖަހައިލުމުގެ ސަބަބުން އެތައް ބަޔަކު މަރުވެއްޖެއެވެ.

ފިލިޕީންސް އޮފިޝަލުންނާ ހަވާލާދީ ބީބީސީ ބުނީ ފެރީ ބަންޑުން ޖަހައިލި އިރު އޭގައި 251 މީހުން ތިބި ކަމަށެވެ. އަދި ބުނީ އެއުޅަނދު ބަންޑުން ޖަހައިލި ސަރަހައްދުން ހަތަރު މީހެއްގެ ހަށިގަނޑު މިހާރު ފެނިފައިވާ ކަަމަށާއި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަަމަށެވެ.

ފެރީ ބަންޑުން ޖަހައިލި ސަރަހައްދުން އެވަގުތު ދަތުރުކުރަމުން ދިޔަ ބައެއް އުޅަނދުތަކަށް ، ފެރީން ދަތުރުކުރި ބައެއް މީހުން ވަނީ ނަގާފައެވެ. އަދި މީހުން ހޯދައި ސަލާމަތް ކުރަން އެގައުމުގެ ސިފައިން އަންނަނީ މަސައްކަތް ކުރަމުންނެވެ. ފެރީ އަށް ކިޔާ ނަމާއި ބަންޑުން ޖަހައިލި ސަރަހައްދުގެ ނަން ބީބީސީގެ ހަބަރަކު ނެތެވެ.

ފިލިޕީންސް ކޯސްޓްގާޑުން ބުނީ ފެރީ ބަންޑުން ޖަހައިލީ މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން ކަމަށެވެ.

ފިލިޕީންސް ސަރަހައްދުގައި މިހާރު ހުރި ޓެމްބިން ނަމަކަށް ކިޔާ ތޫފާން މާދަމާގެ ވަގުތެއްގައި އެގައުމަށް އަރާނެ ކަމަށް މުސުމާ ބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ.