ހަބަރު

އައްޑޫ އެކްސިޑެންޓްގައި އަނިޔާވި ކުޑަ ކުއްޖާ މަރުވެއްޖެ

Dec 26, 2017
3

އައްޑޫގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ބޮޑެތި ޒަހަމްތަކެއް ލިބުނު ކުޑަ ކުއްޖާ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ދާދި ދެންމެއަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވެފައި ވަނީ މިއަދު ހެނދުނު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި 13 އަހަރުގެ ކުއްޖަކު ކަމަށެވެ. މަރުވީ ގދ. ވާދޫ، ނެސްޓް، އަރުޝަމް އިބްރާހިމް އެވެ. އޭނާ މަރުވެފައި ވަނީ ފަރުވާ ދެނިކޮށް މިއަދު ހަވީރު 5:00 އެހާކަންހާއިރު އެވެ.

މިއަދު ހެނދުނު އެ އެކްސިޑެންޓް ހިނގީ ލިންކް ރޯޑްގެ ދެކޮޅަށް ދުއްވާފައި ދިޔަ ސައިކަލަކާއި އެންވަޔަރުމަންޓް މިނިސްޓްރީގެ ޕިކަޕަކާ ޖެހިގެން އެވެ. ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލް އެ ޕިކަޕްގައި ޖެހުމުގެ ސަބަބުން ޕިކަޕްގެ ކުރީކޮޅަށް ވެސް ގެއްލުންވެފައިވެ އެވެ.

މަރުވި ކުޑަކުުއްޖާ އިނީ ސައިކަލް ފަހަތުގަ އެވެ. އަދި ސައިކަލް ދުއްވަން އިން، ސ. މަރަދޫ، ހިރުނދުގަސްދޮށުގޭ ހުސެއިން އަނަސް އަށް ވެސް އަންނަނީ ފަރުވާ ދެމުން އެވެ.