ބޮލީވުޑް

ވިޝާލް ބަރްދްވާޖްގެ އާ ފިލްމުގައި ތިން ބަަތަލާއިން

Dec 28, 2017

ވިޝާލް ބަރްދްވާޖަކީ އަބަދުވެސް ވަރަށް ތަފާތު ފިލްމުތައް އުފައްދާ ޑައިރެކްޓަރެކެވެ. އޭނާ އެންމެފަހުން ޑައިރެކްޓްކުރި "ރަންގޫން" ފްލޮޕްވިޔަސް އޭނާ އަކީ "އޯމްކާރާ" އާއި "ސާތް ހޫން މާފް" އަދި "ކަމީނޭ" އާއި "ހެއިދަރް" ފަދަ ކާމިޔާބު ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ފަރާތެކެވެ.

ވިޝާލް މިހާރު ވަނީ ދެން އޭނާ އުފައްދާ ފިލްމުގެ ސްކްރިޕްޓް ލިޔެ ނިންމައި ފިލްމުގެ ތަރިން ހޯދުމުގެ މަސައްކަތް ފަށާފަ އެވެ. އޭނާގެ ގާތްފަރާތަކުން ބުނެފައިވާ ގޮތުގައި އެ ފިލްމުގެ ލީޑްރޯލުން ތިން ބަތަލާއިން ފެނިގެންދާނެ އެވެ.

ވަރަށް ތަފާތު ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމުގައި ފެނިގެންދާނެ ތިން ބަތަލާއިން ހޯދުމަށް އޭނާ ރަސްމީކޮށް ވަރަށް އަވަހަށް ފަށާނެ ކަމަށްވެ އެވެ.

ބުނެވޭ ގޮތުގައި އެ ފިލްމުގައި ފެނިގެންދާނެ ކަމަށް ވަނީ ބޮލީވުޑްގައި މި ވަގުތު ތިބި މަޝްހޫރު ބަތަލާއިންގެ ތެރެއިން ވަރަށް ކާމިޔާބު ތިން ތަރިންނެވެ.

ވިޝާލް އާންމުކޮށް އުފައްދާ ހުރިހާ ފިލްމެއްގެ ލީޑްރޯލުން ފެނިގެންދާ ތަރިން ފިލްމުގެ ކޮންމެވެސް ހިސާބެއްގައި ނުބައިބައި ރޯލުތަކުން ފެނިގެންދާނެ އެވެ.

ތިން ބަތަލާއިން ލީޑްރޯލުން ފެނިގެންދާ އެ ފިލްމު ކުރިން އޭނާ ޕްރޮޑިއުސްކުރާ އިތުރު ފިލްމެއްގެ އުފައްދާނެ އެވެ. އެ ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ އިރްފާން ޚާން އާއި ދިޕިކާ ޕަދުކޯން އެވެ.

ވިޝާލް ބަތަލާއިން ލީޑްރޯލުން ފެނިގެންދާ ފިލްމެއް އުފައްދަން ތައްޔާރުވަމުން އަންނައިރު، ޝަޝަންކް ކައިތާން އަންނަނީ ބަތަލާއިން ލީޑްރޯލުން ފެނިގެންދާ ފިލްމެއް ޑައިރެކްޓްކުރަމުންނެވެ. ކަރީނާ ކަޕޫރާއި ސޯނަމް ކަޕޫރު އަދި ސްވަރާ ބާސްކަރާއި ޝިކާ ޓަލްސާނިއާ ލީޑްރޯލުން ފެނިގެންދާ "ވީރޭ ދެ ވެޑިން" އަކީ ބަތަލާއިންނަށް ހާއްސަ ފިލްމެކެވެ.