ވާހަކަ

އެކުއެކީ - އެގާރަ ވަނަ ބައި

May 3, 2015

ނާޒްނީންގެ ފިރިހެން ރަހްމަތްތެރިއަކު ބުނީ ބައެއް ކުދިބޮޑު މީހުން ހުކުރަށް ނާރައި ހުކުރު ނިމެންދެން ބޮޑު ތަކުރުފާނު މަގުގައި ފައިމަގުގައި ނުވަތަ ސައިކަލުގައި ބުރުޖަހާލަޖަހާލަ ތިބެފައި ވަގުތުތައް ނަގާލާފައި ހުކުރު ނުކޮށް ގެއަށް ދަނީ ކަމަށެވެ.

"ގެއިން ކާން ނުދީފާނެތީ ހުކުރަށް ދާކަން ހަމައެކަނި ދައްކަންވެގެން ބޭރަށް ނުކުންނަނީ ކަންނޭނގެ،" އެ ފަދަ މީހުންނާމެދު އެ ރަހްމަތްތެރިޔާ އަށް ވިސްނުނު ގޮތް ނާޒްނީން އަށް އޭނާ ކިޔައިދިނެވެ.

އޭނާ އިތުރަށް ބުނީ ބައެއް ރަށްރަށުގައި ހުކުރު ގަޑިއަށް މިސްކިތް ދޮށުގައި ތިބެލާފައި ނަމާދު ފެށުމުން ނަމާދަށް ނާރާ ބައެއް މީހުން ރަށު ތެރޭގައި ހިނގާލާފައި ގެއަށް ދަނީ ކަމަށެވެ.