މަރުގެ ހުކުމް

މަރުގެ ހުކުމް ތަންފީޒު ކުރާކަށް ނުކެރޭނެ: ރިޔާޒް

Jan 2, 2018
13

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ކެރިވަޑައި ނުގަންނަވާނެ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނާ އަދި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސިޔާސީ ގިނަ ބޭފުޅުންގެ ބަސް އާންމު ކުރާ ޓްވީޓާގައި ރިޔާޒް ވިދާޅުވީ "މަރުގެ ހުކުމް ތަންފީޒު ކުރާނެ ވާހަކަ ދޭތެރެ ދޭތެރެއިން ސަރުކާރުން ދައްކަވަނީ ވަކި ބައެއްގެ ވޯޓް ހޯއްދެވުމުގެ ނިޔަތުގައި" ކަމަށެވެ. އަދި "ރައީސް ޔާމީންގެ ރިޔާސީ ދައުރު ނިމޭއިރު ވެސް މަރުގެ ހުކުމް ތަންފީޒު ކުރަން އެމަނިކުފާނަށް ކެރިވަޑައިނުގަންނަވާނެ" ކަމަށެވެ.

އޭނާ މިހެން ވިދާޅުވި އިރު މަރުގެ ހުކުމް ތަންފީޒު ކުރުމާ ދެކޮޅަށް ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް މަރުގެ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް ރައީސް ޔާމީން ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި މިއަދު ހޯމް މިނިސްޓަރު ވިދާޅުވެފައި ވަނީ މަރުގު ހުކުމް ތަންފީޒުކުރަން ފުރިހަމަ ކުރަން ޖެހޭ ހުރިހާ ތައްޔާރީތަކެއްވެ ނިމިފައިވާ ކަމަށެވެ.