ގާސިމް ހަސަންގެ މަރު

އަދުހަމް މަރާލުމަށް ހުކުމްކޮށްފި

Apr 16, 2023
2
އަދުހަމް މުހައްމަދު
66.7%
0%
33.3%

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދު މަރާލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ބޮޑެތި ޒަހަމްތަކަކާއެކު ގާސިމް މަރާލާފައި އޮއްވާ ފެނުނީ ހުޅުމާލެއިން ޑިސެމްބަރު ހަތަރެއް، 2019ގަ އެވެ. ގާސިމް މަރާލީ އޭނާ ދުއްވަން އިން ޓެކްސީގައި އަދުހަމް ފޭރެން ކުރި މަސައްކަތް ނާކާމިޔާބުވުމުންނެވެ.

މައްސަލައިގެ ތަހުގީގާއި ޝަރީއަތުގައި އަދުހަމް އެކި ގޮތަށް ވާހަކަ ދެއްކި ނަމަވެސް ގާސިމް މަރުވީ އަދުހަމް ގެންގުޅުނު ވަޅިޔަކުން ހަމަލާ ދިނުމުންކަން އެނގޭކަން މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ފާހަގަކުރެއްވި އެވެ.

ގާސިމްގެ ވާރިސުން ވަނީ މަރަށް މަރު ހިފުމަށް އެދިފަ އެވެ.

އަދުހަމް ވަނީ ދައުވާއަށް ކުރިން އިއުތިރާފްވެފަ އެވެ. އެކަމަކު ފަހުން އަދުހަމް ބުނެފައިވަނީ އޭނާ އެކަން ކޮށްފައިވަނީ ގަސްދުގައި ނޫން ކަމަށާއި، އެއީ އޭނާއަށް މަސްތުގެ ހާލަތުގައި ހުރެގެން ކުރެވުނު ކަމެއް ކަމަށެވެ.

ގާސިމް މަރާލީ ގަސްދުގައި ނޫން ކަމަށް ބުނާތީ ގާޒީ ވަނީ އެ މަރުގައި ގަސްދު އޮތް ކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ގާސިމުގެ ކަރުގައި ވަޅި އެޅުމުން އޭނާ އެހީއަށް އެދި ގޮވުމުންވެސް އަޅާނުލައި ކާރުން ފައިބައިގެން އަދުހަމް ފިލުމާއި އަދި އަދުހަމް ގެންގުޅުނު ވަޅިއާއި އެވަގުތު ލައިގެން ހުރި އަންނައުނު ފޮރުވުމަކީ ގަސްދު މަރެއް ފޮރުވުން ކަމަށާއި އެއީ ގަސްދުގައި ކުރި ކަމެއްކަން ގާޒީ ފާހަގަކުރެއްވި އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ނމކމ

މަރަން ހުކުމް ކުރިޔަސް ހުކުމް ތަންފީޒު ނުކުރެވެންޏާ މިހުކުމްގެ ބޭނުމެއް ނުވިސްނުން

ހަސަނުގ

އެމަރާލީ. ސަހަރޯ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345