އާދަމް ޝަރީފު އުމަރު

މަލްޓިމީޑިއާ ކޯހުގެ ދަރިވަރުންނާ މިނިސްޓަރު ބައްދަލު ކުރައްވައިފި

Jan 3, 2018
2

އުތުރުގެ ހއ. ދިއްދޫގައި އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން ހިންގާ މަލްޓިމީޑިއާ އެންޑް ވެބް ޑިޒައިނިންގ ކޯހުގެ ދަރިވަރުންނާ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ބައްދަލު ކުރައްވައިފި އެވެ.

އިއްޔެ ދިއްދޫގައި ޑިފެންސް މިނިސްޓަރު ވިދާޅުވީ، ދަރިވަރުންގެ މަސައްކަތްތައް ކައިރިން ބައްލަވާލެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ތަފާތު އިހުސާސްތަކެއް ކުރެއްވުނު ކަމެއް ކަމަށެވެ.

މި ކޯހަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ފުރުސަތު ހުޅުވާލާފައިވާ ކޯހެއްކަން ފާހަގަ ކުރައްވާ ސަރުކާރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އިސްކަން ހާމަވެގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމަކަށް ހަދަން ކުރާ މަސައްކަތަކީ މުޖުތަމައު ބިނާކުރަން ކުރެވޭ މަތިވެރި މަސައްކަތެއް ކަމަށެވެ.


މަލްޓި މީޑިއާ އެންޑް ވެބް ޑިޒައިނިން ކޯހުގައި 280 ދަރިވަރުން ކިޔަވަ އެވެ.