ކުޅިވަރު

ރެފްރީން ތިބީ ޖާހިއްލިޔަ ޒަމާނުގައި: ވެންގާ

Jan 3, 2018

ބައެއް ރެފްރީން ތިބީ އަދިވެސް "ޖާހިއްލިއްޔަ ޒަމާނުގައި" ކަމަށް ސިފަ ކޮށް، އާސެނަލްގެ ކޯޗް އާސެން ވެންގާ ވާހަކަ ދައްކައިފި އެވެ.

ރެފްރީންނާ ބެހޭގޮތުން، ވެންގާ ހިތްހަމަނުޖެހުން ފާޅު ކުރީ، ރެފްރީންނާ ދެކޮޅަށް އަމަލު ކުރި ކަަމަށް ބުނެ، އޭނާއާ ދެކޮޅަށް ފިޔަވަޅު އެޅުމުންނެވެ. އެއީ މިދިޔަ ހަފުތާގައި ކުޅުނު ވެސްޓް ބްރޯމް، އާސެނަލް މެޗުގެ ރެފްރީ މައިކް ޑީން، މެޗުގެ އެންމެ ފަހު މިނެޓްގައި، ވެސްޓް ބްރޯމްއަށް ޕެނަލްޓީ ދިނުމުން ވެންގާ އެކަމާ ހިތްހަމަ ނުޖެހުން ފާޅު ކުރުމުންނެވެ. އެ މެޗަށް ފަހު ވާހަކަ ދައްކަމުން އޭނާ ބުނެފައި ވަނީ، ޕެނަލްޓީގެ ހާދިސާ މައިކު ޑީން އަށް ނުފެންނާނެ ކަމަށެވެ.

މިރޭ ޗެލްސީއާ ދެކޮޅަށް އާސެނަލް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ވެންގާ ބުނީ، އޭނާ ބޭނުން ވަނީ ރެފްރީންގެ ފަރާތުން ސާފް ނިންމުތަކެއް ފެނުން ކަމަށެވެ. އޭނާ ބުނީ ރެފްރިންގެ އަމަލުތައް ހުރީ 1950 ގެ އަހަރު ތަކުގައި ކަމަށެވެ.

"މިއީ 1950 ގައި ހިންގާ ކަންކަން، މީހަކު ކަލޭ ކައިރީ ވާހަކައެއް ބުނީމަ އެކަން ރީތި ގޮތަށް ނުދެކުން. އެކަން އެގޮތަށް ނުދެކެންންޏާ، އަހަރެން ފަހަރެއްގައި ފިޔަވަޅު އަޅާފާނެ، [ރެފްރީން] ވެސް ވަގުތު ބޭކާރު ނުކުރަމާ ހިނގާ،" ވެންގާ ބުންޏެވެ. "އެގޮތަށް ކަންތައް ކުރީމަ އެކަމުން މެޗަށް ފައިދާއެއް ނުކުރޭ، މީހުން ބޭނުންވަނީ ރެފްރީންގެ ފަރާތުން ވަރަށް ސާފް ނިންމުމެއް އަންނަން، އަދި ރެފްރީން ޔަގީން ކުރަން ޖެހޭނެ އެގޮތަށް ކަންތައް ކުރެވޭތޯ. ސާފް ނިނުމުތަކެއް އައިސް މީހުން ބޭނުން ވަނީ ގޭމް ކުޅޭތަން ބަލަން، އެއީ އަހަރެމެންގެ ޒިންމާއަކީ، އަހަރެމެން އުޅޭނީ ޖާހިއްލިައްޔަ ޒަމާނަކު ނޫން."

އާސެނަލްގެ ދަނޑުގައި، ޗެލްސީއާ ދެކޮޅަށް މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން މެންދަމު 12:45 ގަ އެވެ.