ކުރިއަށް އޮތް ސީޒަންގައިވެސް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގައި މަޑު ކުރަން ނިންމައި، އެ ޓީމުގެ ކޯޗް އިސްމާއީލް މަހްފޫޒު (އިންމަ) ކޮންޓްރެކްޓް އާ ކޮށްފި އެވެ.
މިދިޔަ ސިޒަންގައި ފުރަތަމަ ޑިވިޝަންގައި މުޅިން އަލަށް ވާދަ ކުރި، ގްރާންޑޭ އާއެކު އިންމަ ވަނީ ރަނގަޅު މަސައްކަތް ތަކެއް ކޮށްފަ އެވެ. ޕްރިމިއާ ލީގްގައި ކުޅުނު ފުރަތަމަ ހަތަރު މެޗުންވެސް އެ ޓީމު މޮޅު ކޮށްދިނެވެ. ލީގްގައި ކުޅުނު 16 މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެ ހަ މެޗުން އެއްވަރު ކުރި އެވެ.
މިދިޔަ ސީޒަންގައި ކުލަބުތަކަށް ކުރިމަތިވި މުސާރަ ނުދެވުމުގެ މައްސަލަ ދަ ގްރަންޑޭއަށްވެސް ކުރިމަތި ވި އެވެ. ލީގް އެ ޓީމުން ނިންމާލީ ފަސް ވަނައިގަ އެވެ.
ފުރަތަމަ ޑީވިޝަންގައި އިންމަ އެންމެ ފުރަތަމަ މަސައްކަތް ކުރީ މާޒިޔާގަ އެވެ. އޭނާގެ ކޯޗްކަމުގެ ދަށުން މާޒިޔާއިން ވަނީ 2012 ވަނަ އަހަރުގެ އެފްއޭއެ ކަޕް ކާމިޔާބު ކޮށްފަ އެވެ. އަދި 2017 ވަނަ އަހަރުގެ ސީޒަންގައި ވަކި ހިސާބަކުން އޭނާ އަލުން މާޒިޔާގެ ކޯޗް ކަމަށް ހަމަޖެއްސި އެވެ. ޖެހިގެން އައި އަހަރުގެ ދިވެހި ލީގްގެ ދެ ވަނައިގައި މާޒިޔާއިން ނިންމާލި އެވެ.
ކުރިން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައިވެސް މަސައްކަތް ކުރި އިންމަ ވަނީ، ވަގުތީ ކޯޗެއްގެ ގޮތުން ބައެއް މެޗުތަކުގައި ގައުމީ ޓީމަށް ކޯޗް ކޮށްދީފަ އެވެ.
ކުލަބު ވެލެންސިއާ އަށް ކުރިން ކުޅުނު މިޑްފީލްޑަރަކީ ފްރީކިކުން ގޯލް ޖެހުމުގައި އެކްސްޕާޓެކެވެ. އެ ކުލަބުގައި އޭނާ ފްރީކިކުން ޖަހާފައިވާ ލަނޑުތަކުގެ ވީޑިއޯ ވެލެންސިއާގެ ފޭސްބުކް ޕޭޖުގައި ވޭތުވެދިޔަ އެއް މަސްތެރޭ ވަނީ ޕޯސްޓް ކޮށްފަ އެވެ. އެ ވީޑީއޯތަކަށް އާންމުންގެ ތަރުހީބު ލިބުނެވެ.