ކުރީގެ ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމް

ސަދަގާތް ފައުންޑޭޝަންގެ ހިތާނީ ފެސްޓިވަލް ނިންމާލައިފި

Jan 3, 2018
1
ހިތާނީ ފެސްޓިވަލުގެ ކުދިންނާ ރައީސްގެ ދެ ކަނބަލުން ބައްދަލުކުރައްވަނީ -- ފައިލް ފޮޓޯ | އަވަސް
0%
0%
0%

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމްގެ ސަދަގާތު ފައުންޑޭޝަނުން އިންތިޒާމް ކޮށްގެން ބާއްވާ ހިތާނީ ފެސްޓިވަލް ނިންމާލައިފި އެވެ.

މިދިޔަ މަހު މެދު ތެރޭ ހުޅުމާލޭގައި ފެށި ހިތާނީ ފެސްޓިވަލުގައި މި އަހަރު 500 ކުދިން ވަނީ ބައިވެރި ކޮށްފައި ވެއެވެ. އެ ފެސްޓިވަލްގައި ކުދިންނަށް އެކި ދުވަސްތަކުގެ މަތިން ހަދިޔާތައް ދިން އިރު، ރައީސް ޔާމީން ވެސް ވަނީ އެ ކުދިން ކައިރިޔަށް ވަޑައިގެން ބައްދަލު ކުރައްވާފަ އެވެ.

ހިތާނީ ފެސްޓިވަލް ނިންމާލުމުގެ ގޮތުން މިރޭ ވަނީ ހުޅުމާލޭގައި ހަވާ އަރުވާ، މިއުޒިކް ޝޯ އަކާއެކު ކުލަ ގަދަ ހަފްލާއެއް ބާއްވާފަ އެވެ. އޭގެ އިތުރުން އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމްގެ ފަރާތުން ހިތާނީ ފެސްޓިވަލުގައި ބައިވެރިވި ހުރިހާ ކުދިންނަށް ހަދިޔާތަކެއް ދިނުން ވެސް އޮތެވެ.

މިދިޔަ އަހަރު ވެސް ގިނަ އަދަދެއްގެ ކުދިންނާއެކު ހިތާނީ ފެސްޓިވަލް ސަދަގާތު ފައުންޑޭޝަނުން ބާއްވާފައިވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޙަމީދު ކުޑަހުަވަދޫ

ޝުކުރިއްޔާ މެޑަމް ފާތުން. ތިޔަ ކުރައްވާ މަސައްކަތުގައި ބަރަކާތް ލައްވާށި.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345