ދުނިޔެ

ތޫފާން "އެލީނާ" ގައި ޔޫރަޕުން ތިން މީހުންމަރުވެ ގެއްލުންތައްް

"އެލީނާ" ގެ ނަންދީފައިވާ ފިނި މޫސުމުގެ ތޫފާނެއްގެ ސަބަބުން ޔޫރަޕްގެ ގައުމުތަކުގެ އާއްމު ދިރިއުޅުމަށް ބޮޑެތި ހުރައްތައް ކުރިމަތިވެ، ތިން މީހަކު މަރުވެއްޖެ އެވެ.

ބީބީސީ ބުނީ ޔޫރަޕްގެ އުތުރު ސަރަހަައްދުގެ ގައުމުތަކަށް އެރި އެތޫފާނުގެ ސަބަބުން ފްރާންގައި އެކަކު މަރުވި ކަމަށާއި ސްޕޭނުން ދެމީހުން މަަރުވި ކަމަށެވެ. ފްރާންގައި މަރުވީ ސްކައި ކުރަން ފަރުބަދަމަތީ އުޅުނު މީހެކެވެ. ސްޕޭނުން މަރުވީ ގޮނޑުދޮށުގައި އުޅުނު ދެމީހެކެވެ.

ތޫފާން އެލީނާ އެންމެ ފުރަތަމަ އެރީ އިނގިރޭސިވިލާތަށެވެ. އަދި އެއަށް ފަހު އުތުރު ޔޫރަޕްގައިވާ ގައުމުތަކަށް އެތޫފާން އެރި އެރުމުން އެކި ގައުމުތަކުގެ ކަރަންޓް ވިއުގައަށް ގެއްލުންތައް ލިބި އެތައް ހާސް މީހުންނެއް ވަނީ ކަރަންޓުގެ ހިދުމަތުން މަހުރޫމްވެފައެވެ. އެގޮތުން ފްރާންސްގެ އުތުރުގެ ސަރަހައްދުން 200000 ގޭބިސީއަކުން ކަަރަންޓު ކެނޑުނެވެ.

ސްވިޒަލޭންޑްގައި 14000 ގެއަކުން ކަރަންޓް ކެނޑިފައި ވާއިރު ރޭލެއް ދަނގަނޑުމަތިން ކައްސަައިލުމުގެ ހާދިސާއެއްގައި އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ.

ތޫފާނުގައި ކަރަންޓް ކެނޑުމުގެ އިތުރުން ދަތުރުފަތުރަށް ވެސް ވަނީ ބުރޫއަރާފައެވެ.

ތޫފާނުގައި އިނގިރޭސިވިލާތަށް ވައި ޖެހުނީ ގަޑިއަކު 100 މޭލަށެވެ. އަދި ފްރާންސްގައި ގަޑިއަކު 90 މޭލަށް ވައިޖެހުނެވެ. ސްވިޒަލޭންޑްގައި ގަޑިއަކު 122 މޭލުގެ ބާރުމިނުގައި ވެސް ވައި ޖެހިފައި ވެއެވެ. ""