ހަބަރު

"ހަލް އިންޝުއަރެންސް" ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި

Jan 4, 2018

އެލައިޑް އިންޝުއަރެންސްއާ އެމްޓީސީސީ ގުޅިގެން ކުރިޔަށް ގެންދިޔަ "ހަލް އިންޝުއަރެންސް" ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

ސެޕްޓެމްބަރު 10 އަކުން، ޑިސެމްބަރު ދިހައެއްގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މި ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވާފައި ވަނީ އެލައިޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެވެ. އެގޮތުން ޕްރޮމޯޝަންގެ ނަސީބު ވެރިޔަކަށް ހޮވުނީ ބޯޓް ބިލްޑިން އިންޝުއަރެންސް ޕޮލިސީ ނެންގެވި ށ. ކޮމަންޑޫ، ބަނަފްސާގޭ، އަހުމަދު އިސްމާއިލް އެވެ.

މިދިޔަ އަހަރު ބޭއްވި މެރިން އެކްސްޕޯގެ ތެރޭގައި ހުޅުވާލި މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަށް ހޮވުނު އަހުމަދު އިސްމާއިލަށް އެމްޓީސީސީގެ ފަރާތުން ދިނީ ހަތަރު ސްޓްރޯކްގެ 60 ހޯސް ޕަވާ ސުޒުކީ އައުޓް ބޯޑް އިންޖީނެކެވެ. މެރިން ހަލް އިންޝުއަރެންސް ޕޮލިސީ ނެގި ފަރާތްތަކާއި ބޯޓް ބިލްޑިން އިންޝުއުރަންސް ނެގި ފަރާތްތަކުގެ މެދުގައި ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަނުގައި 88 މީހުން ވަނީ ޕޮލިސީ ނަގާފަ އެވެ.

ހަލް އިންޝުއަރެންސް އަކީ ކަނޑުމަތީ އުޅަންދަށް ދިމާވެދާނެ އެކި ނުރައްކަލުން އޮޑިވެރިޔާ އަށް ކުރިމަތިވާ ގެއްލުންތަކުން ރައްކާތެރިކަން ޔަގީންކޮށްދޭ ހާއްސަ ޕްލޭނެކެވެ. އެ ޕްލޭންގެ އެހީގައި އުޅަނދާއި ފަޅުވެރިން އަދި ޕެސެންޖަރުންނަށް ކަނޑުމަތީ ދިމާާ ހާދިސާއަކުން ލިބޭ ގެއްލުމަށް ބަދަލު ލިބެ އެވެ.

ބޯޓް ބިލްޑިން އިންޝުއަރެންސަކީ ބޯޓް ހަރުގޭގައި ބަންނަމުންްދާއިރު ބޯޓަށް ދިމާވާ ގެއްލުންތައް ކަވަކޮށްދޭ އިންޝުއަރެންސެކެވެ. އެ ޕޮލިސީގެ ދަށުން އޮޑިދޯނިފަހަރު ބަންނަމުންދާ ވަގުތު ލިބޭ ގެއްލުންތައް ކަވަކޮށްދެއެވެ.