ކޮކާކޯލާ ޓީއެފްޖީ ދިގު ދުވުމުގެ އިންޝިއުރެންސް ޕާޓާނަރަކަށް އެލައިޑް އިންޝުއަރެންސް އަދި ކޯ-ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖައްސައިފި އެވެ.
ޓީއެފްޖީން ކޮންމެ އަހަރަކު ބާއްވާ ދިގު ދުވުމުގެ އެއްބަސްވުމުގައި އެމްޓީސީސީ އާއި އެލައިޑާއެކު މިއަދު ވަނީ ވަކިވަކިން ވަނީ ސޮއިކޮށްފަ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އަބްދުﷲ ފާއިދު އެވެ.
އެލައިޑްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޖެނަރަލް މެނޭޖާ އަހްމަދު ރިޔާޒީ މުހައްމަދު ވިދާޅުވީ، މިއަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދުވުމުގައި ބައިވެރިވާ 804 ބައިވެރިނަށްވެސް، އެލައިޑްގެ އިންޝިއުރެންސް ފޯރޫކޮށްދޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
އެލައިޑްގެ ޕާސަނަލް އިންޝިއުރެންސް ނުވަތަ ޖީޕީއޭ ޕޮލިސީގެ ދަށުން، މިދުވުމަށް އެލައިޑުން ވަނީ އެއް މިލިއަން ރުފިޔާގެ ޕެކޭޖެއް ކަނޑައަޅާފަ އެވެ.
މި ޕެކޭޖް މެދުވެރިކޮށް ދުވުންތެރިންނަށް އިވެންޓް ހިނގަމުންދާ ވަގުތު މެދުވެރިވާ ކަމެއްގެ ސަބަބުން ފޯރުކޮށްދޭ ސިއްހީ ހިދުމަތް އެލައިޑުން އިންޝުއާ ކޮށް ދިނުމަށް ހަމެޖެހިފައިވާ ކަމަށް އެލައިޑުން ބުނެ އެވެ.
އެއް މިލިއަން ރުފިޔާ އަކީ ދުވުމުގައި ބައިވެރިވާ ކޮންމެ ދުވުންތެރިޔަކަށް 10000 ރުފިޔާގެ މަގުން ކަނޑައެލިފައިވާ ޖުމުލަ އަގެވެ.
ޓީއެފްޖީގެ މެނޭޖިން ޑައިރެކްޓާ އަދި މަޝްހުރޫ ފިޒިކަލް އިންސްޓްރަކްޓާ ޒިނާން ވިދަޅުވީ 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ޓީއެފްގީ ލޯންގް ރަންގައި ދެ ވަނަ އެޑިޝަނުން ފެށިގެން އެލައިޑުން ބައިވެރިވަމުން އަންނަ ކަމަށެވެ.
އެމްޓީސީސީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެ ކުންފުނީގެ އެގްޒެކެޓިވް އަބްދުﷲ ފާއިދު ވިދާޅުވީ ޓީއެފްޖީ ލޯންގް ރަން ގައި އެމްޓީސީސީ އިން ބާއިވެރިވި މަގްސަދަކީ މި މެރަތަން އަކީ ކޮންމެ އަހަރަކުވެސް ޓީއެފްޖީ އިން ބާއްވަމުން އަންނަ މެރަތަން އެއް ކަމުން ކޮންމެ މި މެރަތަންގެ ސަބަބުން އެމްޓީސީސީ ގެ ސްޓާފުން ކޮންމެ އަހަރަކު ވެސް މޯޓިވޭޓް ކުރެވިގެން ދާނެތީ އެވެ.
ފާއިދު އިތުރަށް ވިދާޅުވީ ޓީއެފްޖީގެ ރަން ގައި ބައިވެރިވާ ހުރިހާ ދުވުންތެރިންނަށް އެމްޓީސީސީގެ ފަރާތުން ހުޅުމާލެ ދިއުމަށާއި އައުމަށް ހަތަރު ފެރީގެ ހިދުމަތް ފޯރުކޮށް ދެވިގެން ދާނެކަމަށާއި އަދި ހުޅުމާލޭގެ ފެރީ ޓާމިނަލް އިން ފެށިގެން ދުވާ ސަރަހައްދާއި ހަމައަށް ބަހުގެ ހިދުމަތްވެސް ފޯރުކޮށް ދެވިގެންދާނެ ކަމަށެވެ.
"ޓީއެފްޖީ އާ އެއްކޮން މަސައްކަތް ކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ. މި ޕްރޮގްރާމަކީ މިއަހަރު ތެރޭގައި ބައިވެރިވާ ތިން ވަނަ ޕްރޮގްރާމް. މިކަހަލަ އިވެންޓެއްގައި ބައިވެރިވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ސްޓާފުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް ބައިވެރި ވެވޭނެ ފިޒިކަލް އެކްޓިވީޓީތަށް އިތުރު ކުރުމަށް" ފާއިދު ވިދާޅުވި އެވެ.
ޓީއެފްޖީ އިން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ލޯންގް ރަން މިއަހަރު ފެށުމަށް ހަޖަހިފައިވަނީ މިމަހު 14 ވަނަ ދުވަހު ހުޅުމާލޭގަ އެވެ.