ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ބަހެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓުތައް ހުންނަ ސަރަހައްދު ގައެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ އެމްޓީސީސީގެ ޑަބަލް ޑެކާ ބަހަކާ އިތުރު ބަހެއް ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމެއް އަދި އެނގިފައެއް ނުވެ އެވެ.
މިފަހުން ހުޅުމާލެ އަދި މާލޭގައިވެސް ގިނަ އެކްސިޑެންޓުތަކެއް ވަނީ ހިނގާފަ އެވެ. އަދި ވިނަރެސް ފްލެޓު ސަރަހައްދުގައިވެސް ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވެ އެވެ.
އެކްސިޑެންޓްތައް މަދުކުރުމާއި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފުލުހުން ވަނީ ޓްރެފިކް ބެލެހެއްޓުންވެސް ފުޅާކޮށްފަ އެވެ.