މަގުމަތީގެ އެކްސިޑެންޓް

މަރުވި ޔޫކްރޭން މީހާގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފި

މިދިޔަ ހޯމަ ދުވަހު ހުޅުމާލޭގައި ހިނގި ބަސް އެކްސިޑެންޓުގައި މަރުވި ޔުކްރެއިން މީހާގެ ހަށިގަނޑު އޭނާގެ އާއިލާއާ ހަވާލުކޮށްފި އެވެ.

މަރުވި އަންހެންމީހާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމުން މިހާރު ވަނީ ޔޫކްރެއިން ހަށިގަނޑު ގެންދިޔުމުގެ ގޮތުން ނަގަން ޖެހޭ ހުއްދަތަށް ނެގުމަށް އެ އާއިލާއިން އިންޑިއާގައި ހުންނަ ޔޫކްރެއިންގެ އެމްބަސީއަށް ގޮސްފަ އެވެ. މަރުވި މީހާގެ ހަށިގަނޑު ޔޫކްރެއިން އަށް ގެންދިޔުމުގެ ހުރިހާ ހަރަދެއް ކުރާނީ އެމްޓީސީސީ އިންނެވެ.

ބަސް އެކްސިޑެންޓުގައި މަރުވި 31 އަހަރުގެ އަންހެން މީހާގެ ހަށިގަނޑު ހަވާލުކޮށްފައިވާނީ އޭނާގެ މަންމާއާ އެވެ. ހަށިގަނޑު ޔޫކްރެއިން އަށް ގެންދެވެންދެން ބާއްވާފައި އޮތީ މާލޭގައި ހުންނަ މޯޗަރީގަ އެވެ.

އެ އެކްސިޑެންޓް ހިގައިފައިވަނީ ބަސް ދުއްވަން އިން ޑްރައިވަރު ނިދި ޖެހުމުން، ބަސް ކޮންޑަންޓަރު ޑްރައިވަރަށް ގޮވި ވަގުތު ބަސް ކޮންޓްރޯލުން ނައްޓާލައި، އަންހެން މީހާގެ ގައިގައި ޖެހި ބަސް ދަށުވެގެންނެވެ. މިއެކްސިޑެންޓާއި ގުޅިގެން އެބަސް ޑްރައިވަރު ވަނީ ހައްޔަރުކޮށް ބަނދުގެ މުއްދަތަށް ތިން ދުވަސް ޖަހައިފަ އެވެ.