މަގުމަތީގެ އެކްސިޑެންޓް

ޕާކްކޮށްފައި އޮތް ކާރެއްގައި ބަހަކުން ޖެހިއްޖެ

Sep 2, 2022

ހުޅުމާލޭގައި ޕާކްކޮށްފައި އޮތް ކާރެއްގައި އެމްޓީސީސީގެ ބަހެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ ނިރޮޅުމަގުގައި ހިނގި މި އެކްސިޑެންޓްގެ މައުލޫމާތު ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 10:07 ހާއިރު ކަމަށެވެ.

އެކްސިޑެންޓް ހިނގި ވަގުތު ބަހުގައި ޕަސެންޖަރުން ތިއްބެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

އެމްޓީސީސީގެ ބަސްތަކާއި ބައެއް އުޅަނދުތައް ޖެހި މީގެކުރިން ވެސް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައިވެ އެވެ. އަދި އެފަދަ ބައެއް އެކްސިޑެންޓްތަކުގައި ބައެއް މީހުން މަރުވެފައިވެ އެވެ.