ބަސް ދަތުރުތައް

އެމްޓީސީސީގެ ބަހެއްގެ ކޮންޓްރޯލް ގެއްލި އެކްސިޑެންޓްވެއްޖެ

Jul 18, 2022
1

އެމްޓީސީސީގެ ބަހެއްގެ ކޮންޓްރޯލް ގެއްލި ހުޅުމާލޭގެ މަގުމަތީގައި ހުރި ޑިވައިޑަރުތަކެއްގައި ޖެހިއްޖެ އެވެ.

ހުޅުމާލެއަށް ވާރޭ ވެހެނިކޮށް މި އެކްސިޑެންޓް ހިނގީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދާން އޮންނަ ބޮޑު މަގުގަ އެވެ.

މި އެކްސިޑެންޓުގައި ބަހުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. އެކަމަކު ބަހަށް ގެއްލުންތަކެއް ލިބިފައިވެ އެވެ.

ދުއްވާފައި ދިޔަ ބަސް ޖެހުނުލެއް ބާރު ކަމުން ސިމެންތިން ހަދާފައިވާ ޑިވައިޑަރުތަކެއް ވަނީ ފުނޑުފުނޑުވެފަ އެވެ.

ފުލުހުންނަށް ރޭ މެންދަމު 12:21 ހާއިރު ރިޕޯޓްކޮށްފައިވާ މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެމްޓީސީސީގެ ބަސް ދަތުރުތަކުގައި ހިނގާ އެކްސިޑެންޓްތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. ނަމަވެސް އެކްސިޑެންޓްތަކުގައި އެމްޓީސީސީގެ ޑްރައިވަރުންގެ އިހްމާލެއް ނެތް ކަމަަށް އެކުންފުނިން ބުނެ އެވެ.

އެމްޓީސީސީން ވަނީ ބަސް ދަތުރުކުރަމުންދާއިރު އޯވަޓޭކް ނުކުރުމަށާއި ބަސް ތަކާ އެހާ ގާތުން ދަތުރުނުކުރުމަށް އާންމުންގެ ކިބައިން އެދިފަ އެވެ.