މަގުމަތީގެ އެކްސިޑެންޓް

ދުއްވާފައި ދިޔަ ބަހެއް ޕާކް ކޮށްފައި ހުރި ސައިކަލު ތަކެއްގައި ޖެހިއްޖެ

މާލޭގައި ދުއްވާފައި ދިޔަ މިނީ ބަހެއް ޕާކް ކޮށްފައި ހުރި ސައިކަލު ތަކެއްގައި ޖެހި އެކި ވަރުގެ ގެއްލުންތައް ލިބިއްޖެ އެވެ.

އިސްލާމީ މަރުކަޒާއި ޖުމްހޫރީ މައިދާނާ ދެމެދު އޮންނަ އަމީރު އަހްމަދު މަގުގައި މިއެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެދުނު 8:00 ހާއިރު އެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. އެކަމަކު ގިނަ އަދަދެއްގެ ސަައިކަލު ތަކަކަށް ގެއްލުންތަކެއް ލިބިފައިވެ އެވެ.

މި މަންޒަރު ދުށް މީހެއްގެ ފަރާތުން އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގީ ދުއްވާފައި ދިޔަ ބަސް، ބަސް ސްޓޮޕާ ކައިރި ކުރަން އުޅުމުގެ ތެރޭގަ އެވެ.

އެމްޓީސީސީގެ ބަސް ދަތުރުތަކުގައި މީގެކުރިންވެސް އެކި ވަރުގެ ހާދިސާތައް ހިނގާފައިވެ އެވެ. ނަމަވެސް މިފަދަ ހާދިސާތައް ހިނގުން މަދުކުރުމަށްވެސް އަބަދުވެސް ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އެމްޓީސީސީން ބުނެ އެވެ.