ކުރަމަތި

މޫދަށް ގެނބިގެން ފަތުރުވެރިއަކު މަރުވެއްޖެ

އއ. ކުރަމަތި އައިލެންޑް ރިސޯޓްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ، ފަތުރުވެރިއަކު މޫދަށް އެރިއުޅެނިކޮށް ގެނބިގެން މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 5:15 އެހާންކަންހާއިރު ކަމަށެވެ.

މޫދަށް އެރި އުޅެނިކޮށް މަރުވެފައިވަނީ ޗައިނާގެ 29 އަހަރުގެ ޗައިނާގެ ފިރިހެނެއް ކަމަށާއި މަރުގެ އެ ހާދިސާ މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ ހަށިގަނޑު މިހާރު އޮތީ ކުރަމަތި ރިސޯޓްގައި އެވެ. ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރާ ފަތުރުވެރިންގެ ތެރެއިން މޫދަށް ގެނބިގެން މަރުވާ މީހުންގެ އަދަދު ކޮންމެ އަހަރުވެސް އިތުރުވެ އެވެ. ގިނައިން މަރުވަނީ ޗައިނާގެ މީހުންނެވެ.