މުހައްމަދު ހުސައިން ޝަރީފު

"ރައީސް ޔާމީނަކީ ސިޔާދަތުގެ ބަތޮލެއް"

ރާއްޖެއަށް މީގެ ކުރިން ވެސް އެތަކެއް ބަތަލުން ހިދުމަތް ކޮށްދެއްވާފައިވާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމަކީ މި ގައުމަށް އަލަށް ލިބިގެންދިޔަ ސިޔާދަތުގެ ބަތަލެއް ކަމަށް ރާއްޖެއިން ލަންކާއަށް އައްޔަން ކުރައްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިރޭ ވިދާޅުވެއްޖެ އެވެ. -- ސިޔާދަތުގެ މާނައަކީ ބޭރުގެ ނުފޫޒެއް ނުފޯރާ އަމިއްލަ ވެރި ކަމެވެ --

ރާއްޖެ ވަޑައިގެން، ޕީޕީއެމްގެ ރުމާލު ދޭއް، ޖަގަހާގައި ވާހަކަފުޅު ދައްކަވަމުން މުންދު ވިދާޅުވީ، ރާއްޖެއަށް އެކިއެކި ދާއިރާތަކުން ހިދުމަތްކޮށްދެއްވި އެތަކެއް ބަތަލުން ތަކެއް މާޒީގައި ފެނިގެން ގޮސްފައިވާ ކަމަށާއި މިއަދު ރާއްޖެއަށް ލިބިގެން ގޮސްފައި މިވަނީ ސިޔާދަތުގެ ބަތަލެއް ކަމަށެވެ. އަދި ވިދާޅުވީ، ކުރިއަށް އޮތް ޖީލުތަކާއި ހަމައަށް ދާއިރު ސުކޫލުތަކުގެ ޓެކްސްޓް ފޮތްތަކުގައި ރާއްޖޭގެ ސިޔާދަތުގެ ބަތޮލަކީ ރައީސް ޔާމީން ކަމަށް ލިޔެވިފައި ހުންނާނެ ކަމަށެވެ.

މުންދު ވިދާޅުވީ، ރާއްޖޭގެ ވެރިކަމަށް ރައީސް ޔާމީން ނޫނީ ކުފޫ ހަމަވާ އިތުރު ބޭފުޅަކު މިވަގުތު ނުހުންނާނެ ކަމަށާއި މީގެ ކުރިން އެހެން ބޭފުޅަކު ވެރިކަމާއި ހަވާލުވެ ފައިބައި ވަޑައިގެންނެވު މަންޒަރު ފެނުނު ކަމަށެވެ. އެގޮތަށް އެކަން ވެގެންދިޔައީ ވެރިކަމަށް ކުފޫ ހަމަނުވާތީ ކަމަށާއި ވެރިކަމަށް ގާބިލްކަން ނެތި، ތަޖުރިބާ ނެތުމުން ކަމަށެވެ.

"އަޅުގަނޑުމެންނަށް އަލަށް މި ލިބުނީ ސިޔާދަތުގެ ބަތަލެއް، އަޅުގަނޑުމެންގެ ދަރީންގެ ދަރީންނާއި ހަމައަށް ދާއިރު ޓެކްސްޓް ފޮތްތަކުގައި ލިޔެވިފައި ހުންނާނެ ސިޔާދަތުގެ ބަތޮލަކީ ރައީސް އަބުދުﷲ ޔާމީން،" މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ، ދިވެހީން ގައުމާމެދު ދެކޭ ގޮތް ބަދަލުކޮށްލީ ރައީސް ޔާމީން ކަމަށާއި އެގޮތުން އެންމެ ބޮޑެތި ގައުމުތަކާއި އާރާއި ބާރުހުރި، އެންމެ ކުރީގައި ސަފުގައި ހިމެނޭ ގައުމުތަކާއި ކޮނޑާއި ކޮނޑު ހަމަކޮށްލެވޭ ވަރުގެ ގާބިލްކަން ހުރިކަން ސާބިތު ކޮށްދެއްވީ ރައީސް ޔާމީން ކަމަށެވެ. ދިވެހި ޒުވާނުންނަކީ އެހެން ގައުމުތަށް ދޫނުކުރާވަރުގެ ހުނަރު ހުރި ގާބިލް ތައުލީމީ ދުރު ވިސްނޭ ބައެއް ކަމަށާއި ރާއްޖެ އަކީ އެގައުމުތަކާއި އެއް ފެންވަރެއްގެ ތަރައްގީ ހައްގު ބައެއްކަމަށް ވިސްނުން ބަދަލު ކޮށްދެއްވީ ވެސް ރައީސް ޔާމީން ކަމަށް ލަންކާ ދިރިއުޅޭ ދިވެހި އާބާދީގެ ކަތީބު ކަމަށް އަމިއްލަފުޅަށް ސިފަ ކުރައްވާ މުންދު ވިދާޅުވި އެވެ.

"އިދިކޮޅު ފަރާތެއްގެ ގޮތުގައި އޮތް އިރު ކުރިން އޮތް ސަރުކާރުން ހިންގި ލާއިންސާނީ އަމަލުތަކާއި ގައިރުގާނޫނީ އަމަލުތަކާއި އަދި ލާދީނީ އަމަލުތަށްވެސް ދުނިޔޭގެ ސަމާލުކަމަށް ގެނެސްދިނުމުގައި އެންމެ ކުރީގައި ހުންނެވީ ރައީިސްޔާމީން، އަޅުގަނޑުމެން ގައުމާމެދު ދެކޭ ގޮތް ބަދަލުކޮށްލީ ރައީސް ޔާމީން،" މުންދު ވިދާޅުވި އެވެ. "ޗެކް ލިސްޓެއް ބަލައި ފާހަގަ ޖަހަންޏާ ހެޔޮ ފާހަގަ ލާން ޖެހޭނީ ރައީސް ޔާމީނުގެ ނަމުގައި،"