ކަލައިދޫ

ކުއްޖަކު ބްލެކްމެއިލްކުރި ކަމަށް ތުހުމަތުވި މީހަކު ހައްޔަރުކޮށްފި

ލ. ކަލައިދޫގައި ކުޑަ ކުއްޖަކަށް ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތުގައި އެ ރަށުން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ކަލައިދޫގައި މީހަކު އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކު ބްލެކްމެއިލް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިގެން އެ މައްސަލަ ތަހުގީގު ކުރަމުން ގެންދ ކަމަށެވެ. އަދި އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހަކު މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށް، އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތަކަށް ކޯޓުން ހޯދާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.