ކްރިމިނަލް ކޯޓް

ނުކުޅެދޭ މީހެއްގެ ނުރުހުމުގައި ޖިންސީ ގުޅުން ހިންގުމުން 15 އަހަރަށް ޖަލަށް

ކްރިމިނަލް ކޯޓު ކުރިމަތިން ބަޔަކު ހިނގާފައި ދަނީ -- ފޮޓޯ: އަވަސް
0%
0%
0%

އަޑުއިވުމުން މަހްރޫމުވެފައިވާ މީހަކާ އެކު ގަދަކަމުން ޖިންސީ ގުޅުން ހިންގި މީހަކު 15 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މި ހުކުމްކޮށްފައިވަނީ ލ. ކަލައިދޫ، ޑޭޒީމާގެ، އަހުމަދު ޝާރިކް އަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އިހްސާން ކުރި ހުކުމުގެ ތަފްސީލް ރިޕޯޓު ކޯޓުން ވަނީ ސިއްރުކޮށްފަ އެވެ. އެއީ މިމައްސަލައަކީ ޖިންސީ ގުޅުމުގެ މައްސަލައަކަށް ވެފައި އަނިޔާ ލިބުނު ނުކުޅެދޭ މީހާގެ މަސްލަހަތު ހިމާޔަތްކުރުމަށެވެ.

އަހްމަދު ޝާރިކަށް ދައުލަތުން ކުރި ދައުވާގައި ބުނެފައިވަނީ ޖިސްމާނީ ގޮތުން އަމިއްލައަށް ދިފާއުވުމުގެ ބާރު ނެތް މީހެއްގެ ނަފްސަށް ވެރިވެގަނެ އޭނާއާ އެކު ޝާރިކް ޖިންސީ އަމަލު ހިންގާފައިވާ ކަމަށެވެ.

މިދައުވާއަށް ޝާރިކް އިންކާރުކުރުމުން މައްސަލަ ސާބިތުވާ ކަމަށް ކަނޑައެޅީ މައްސަލައާއި ގުޅިގެން ހޯދާފައިވާ ހެއްކާއި ގަރީނާތަކަށް ބަލައިގެންނެވެ.

ރާއްޖޭގައި މީގެކުރިންވެސް ނުކުޅެދޭ މީހުންނާ އެކު ގަދަކަމުން ޖިންސީ ގުޅުން ހިންގުމާއި ބަދުއަހްލާގީ އަމަލު ހިންގާފައިވާ މީހުންގެ މައްސަލަ ބަލައި އަދަބު ދީފައިވެ އެވެ. މިފަދަ މައްސަލަތަކުގައި ދައުވާ ލިބޭ މީހާ ގިނަ ފަހަރު އިންކާރުކުރާތީ މައްސަލަ ސާބިތުކުރަންޖެހެނީ ހެއްކާއި ގަރީނާ އަށް ބަލައިގެންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910