ޖިންސީ ގޯނާ

އާއިލާގެ ކުއްޖަކާ ބެހުނު މީހަކު 20 އަހަރަށް ޖަލަށް

މާލޭގައި ރޭޕް ކުރުމާ ދެކޮޅަށް ބޭއްވި އެއްވުމެއްގައި ބަޔަކު އަޑުއުފުލަނީ -- ފޮޓޯ: އަވަސް
0%
0%
0%

އާއިލާގެ ކުޑަ ކުއްޖަކާ ބެހުނުކަން ސާބިތުވި މީހަކު 20 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

މިއީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މީހަކަށްވާތީ ކުށް ސާބިތުވި މީހާގެ ވަނަވަރު ހާމަކޮށްފައެއް ނުވެ އެވެ.

މިމައްސަލައިގައި ކުށް ސާބިތުވި މީހާ -- ހުސައިން އަލީފް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުން އަމަލުކުުރުގެ ގާނޫނުގެ ދަށުންނެވެ.

މިމައްސަލައިގައި އަލީފްގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ 2018 ވަނަ އަހަރު އެވެ.

ހުކުމްގައި ބުނެފައިވަނީ އަލީފްގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިގަރީނާއަށް ބަލާއިރު އެއްވެސް ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތުވާ ކަމަށެވެ.

އާއިލާގެ ކުޑަ ކުއްޖަކާ ބެހުނުކަން ސާބިތުވި މީހަކު 20 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ގާނޫނުގައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345