ވިޔަފާރި

ތުރުކީގެ "ފްލޯމާ" މޭކަޕް ލެކިއުޓްއަށް!

ރާއްޖެއަށް ތާފަތު އެކި ވައްތަރުތަކުގެ މޭކަޕް ބްރޭޑުތައް ތައާރަފްކުރަމުންދާ ލެ ކިއުޓް އިން އަނެއްކާވެސް އާ ބްރޭންޑެއްގެ މޭކަޕެއް ތައާރަފުކޮށްފި އެވެ.

އިއްޔެ ތައާރަފުކުރި "ފްލޯމާ" މޭކަޕް ބްރޭންޑްއަކީ ކަލާ ކޮސްމެޓިކްސް އުފެއްދުމުގައި 47 އަހަރުގެ ތަޖުރިބާ އޮތް ބްރޭންޑް އެކެވެ. "ފްލޯމާ" އަކީ ތުރުކީގެ އެންމެ ނަން ހިނގާ ބޮޑެތި މޭކަޕް ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ ބްރޭންޑެކެެވެ. މޫނާއި، ނިޔަފައްޗާއި، އަދި ތުންފަތުގެ އިތުރުން ލޮލުގެ ތަފާތު މޭކަޕް ޕްރޮޑަކްޓްތައް ނެރޭ ތުރުކީގެ މި ބްރޭންޑަކީ ޔޫރަޕްގެ މާކެޓްތަކުގައި ވެސް މަގުބޫލު ބްރޭންޑެކެެވެ.

ލެކިއުޓުން ބުނީ މި ބްރޭންޑުގެ މޫނާ، ތުންފަތާއި، ނިޔަފަތި، އަދި އިނގިލީގައި ޖައްސާ އެކި ވައްތަރުގެ މޭކަޕް ޕްރޮޑަކްޓުތަކުގެ ތަފާތު ގިނަ ކުލަތަކާއެކު މިހާރު ލިބެން ހުންނާނެ ކަމަށެވެ. މި ޕްރޮޑަކްޓުތަކަކީ އައިއެސްއޯ 9001 ސްޓޭންޑާޓަށް ފެތޭ ފެންވަރު ރަނގަޅު ޕްރޮޑަކްޓުތަކެކެވެ.

އެގޮތުން ލެކިއުޓުން ރާއްޖެ ތައާރަފުކުރި "ފްލޯމާ" ބްރޭންޑުގެ މޭކަޕް ޕްރޮޑަކްޓުގެ ތެރޭގައި ލިޕްސްޓިކާއި ލިޕްބާމް އަދި ލިކުއިޑް ލިޕްސްޓިކާއި ލޮލުގެ މޭކަޕް ކުރުމަށް ބޭނުންކުރާ ތަފާތު ޕްރޮޑަކްޓުތަކުގެ ތެރޭގައި ހިމެނޭ މަސްކަރާ، އައިލައިނާ، އައިލޭޝް، އައިޝެޑޯސް، އައިލޭޝް ކާލްސް އަދި އައިބްރޯ ޕްރޮޑަކްޓުތައް ހިމެނެ އެވެ. މޫނުގައި އުނގުޅުމަށް ބޭނުންކުރާ ފައުންޑޭޝަންގެ އެކި ކުލަތަކާއި، ބީބީ ކްރީމްސް، ފިކް ސްޕްރޭސް، ޕްރައިމާސް، ހައިލައިޓާސްގެ އިތުރުން ކޮންސީލާ އާއި މި ބްރޭންޑުގެ ފޭސް ޕައުޑާ އާއި ބްލަޝްގެ ކުލަތައް ލިބެން ހުންނާނެ އެވެ. މީގެ އިތުރުން ނެއިލް ޕޮލިޝްގެ ތަފާތު ކުލަތައްވެސް ތައާރަފްކޮށްފައިވާ ކަމަށް ލެ ކިއުޓުން ބުނެ އެވެ.

"މި ހުރިހާ ޕްރޮޑަކްޓުތަކަކީ ރަނގަޅު ކޮލެޓީގެ ކޮންމެ މީހަކަށްވެސް އެފޯޑުކުރެވޭނެ ޕްރޮޑަކްޓުތަކެއް. އަދި މިއީ ކޮންމެ ކަހަލަ މުނާސަބަތަކަށް ތައްޔާރުވުމަށް މޭކަޕް ކުރަން އެންމެ އެކަށޭނެ ޕްރޮޑަކްޓުތައް."

މި ބްރޭންޑްގެ ޕްރޮޑަކްޓުތައް މިހާރު ލެ ކިއުޓްގެ ފިހާރަތަކުންނާއި ލެ ކިއުޓް އޮންލައިނުން ލިބެން ހުންނާނެ އެވެ.

މިދިޔަ އަހަރު ޖުލައި މަހުގެ ތެރޭގައި ލެކިއުޓުން ވަނީ "ފްލޯމާ" ބްރޭންޑުގެ ދަށުން ހިންގާ އެހެން ބްރޭންޑެއް ކަމަށްވާ "ޕްރިޓީ" ވެސް ތައާރަފްކޮށްފަ އެވެ. އެ ބްރޭންޑަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށް ލެކިއުޓުން ބުނެ އެވެ.