ރާއްޖެ ކުޅިވަރު

މާޒިޔާ ދޫކޮށްލައި، އަޑޭ ގްރީންސްޓްރީޓަށް ސޮއިކޮށްފި

މިދިޔަ ދެ އަހަރު މާޒިޔާއަށް ކުޅުނު އަސްހަދު އަލީ (އަޑޭ) ކުރިއަށް ސީޒަންގައި ގްރީން ސްޓްރީޓަށް ކުޅެން ސޮއި ކޮށްފި އެވެ.

ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) މިދިޔަ އަހަރު ބޮޑު ބައެއްގައި އަނިޔާގައި ހޭދަކުރުމުން ގައުމީ ޓީމުގެ ގިނަ މެޗުތަކުގައި ޓީމުގެ ކެޕްޓަން ބޭންޑް އެޅީ އަޑޭ އެވެ.

ގްރީންގެ މިހާރުގެ ކޯޗް އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން، އަޑޭ ވަނީ މާޒިޔާގެ އިތުރުން ވިކްޓަރީއަށް ކުޅެފަ އެވެ. ކުލަބު ވެލެންސިއާއިން ކެރިިއާ ފެށި އަޑޭ ވިދާލީ ވިކަޓަރީގަ އެވެ. ވިކްޓަރީގައި އޭނާ ފުރަތަމަ ކުޅުނީ ފޯވަޑަކަށެވެ.

މިދިޔަ ސީޒަންގައި، މާޒިޔާގެ ފޯވަޑް، ކެޕްޓަން އަސަދުﷲ އަބްދުﷲއަށް އަނިޔާވުމުން އަޑޭ ވަނީ މާޒިޔާގައިވެސް ފޯވަޑަކަށް ކުޅެފަ އެވެ.

ނިއު ރޭޑިއަންޓް 2015 ވަނަ އަހަރު ލީގް ޗެމްޕިއަންކަން ހޯދިއިރު ނިއުގެ ކެޕްޓަންއަކީ އަޑޭ އެވެ. ފުރަތަމަ ޑިވިޝަނުން ކުރިން ފެނުނު ވީބީ ސްޕޯޓްސް ކުލަބަށްވެސް އަޑޭ ވަނީ ކުޅެފަ އެވެ.