ބޮލީވުޑް

ކަރީނާއާ ޝާހިދު އަނެއްކާ އެކުގައި ފެނިލަނީ!

ކަރީނާ އަދި ޝާހިދުގެ ލޯބީގެ ޖޯޑަކީ ދެހާހުގެ ކުރީ ކޮޅު ބޮލީވުޑްގައި އެންމެ ގިނަ ބަޔެއްގެ ސަމާލުކަން ހޯދި ޖޯޑެވެ. އެ ދެ މީހުން ލޯބީގެ ގޮތުން ގުޅުނީ 2004 ވަނަ އަހަރު އެ ދެމީހުން އެއްކޮށް ކުޅުނު ފިލްމު "ފިދާ" އަށްފަހު ކަމަށް ބެލެވެ އެވެ. އޭގެ ފަހުން މި ދެ މީހުން އެއްކޮށް ފެނިގެންދިޔައީ އިމްތިޔާޒް އަލީގެ ޑައިރެކްޝަނެއް ކަމަށްވާ "ޖަބް ވީ މެޓް" އިންނެވެ.

އެ ދެ މީހުންގެ ޖޯޑަށް ބޮޑު ސަމާލުކަމެއް ލިބުނީ ވެސް މި ފިލްމަށްފަހު އެވެ. މި ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެއް އުޅުމަށްފަހު ރުޅިވި އެވެ. ގިނަ ބައެއްގެ ޝައުގުވެރިކަން ދަމައިގަތް އެ ލޯބީގެ ޖޯޑު ވަކިވުމުން އެ ހަބަރު ވެގެންދިޔައީ އެ ދެމީހުންގެ ފޭނުނަށް ޝޮކެއް ދިން ހަބަރަކަށެވެ.

އަނެއްކާވެސް މި ދެ މީހުން އެއްކޮށް ފެނިގެންދާނެ ފިލްމެއް އަންނަ އުޅޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ހަމަ އިމްތިޔާޒް އަލީގެ ޑައިރެކްޝަނަކުންނެވެ. އެ ފިލްމަކީ މި ދެމީހުން އެއްކޮށް ކުޅުނު ފިލްމު "ޖަބް ވީ މެޓް" ގެ ސީގުއެލް ފިލްމެއްކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

"ޖަބް ވީ މެޓް" އަށްފަހު މި ދެ މީހުން ފިލްމަކުން ފެނިގެން ގޮސްފައިވަނީ "އުޑްތާ ޕަންޖާބް" އިން ނެވެ. ނަމަވެސް އެ ފިލްމުގައި ވެސް މި ދެ މީހުން އެއްކޮށް ފެންނަ އެންމެ ސީންއެއް ވެސް ނީނދެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި ދެ މީހުންގެ މެދުގައި އަދިވެސް ރަހުމަތްތެރިކަމުގެ ގުޅުން އެބަ އޮތެވެ. ޝާހިދުގެ ވެޑިން ރިސެޕްޝަނަށް ކަރީނާއަށް ދައުވަތު ދިން ކަމަށް ވެސް ވެއެވެ. ޝާހިދު ކައިވެނީގެ ކުރިން ޔަސް ރާޖް ފިލްމްސްގެ ޕްރޮޑަކްޝަން ހައުސް އިން ދިމާވެ އޭނާ ކައިވެނި ކުރަން އުޅޭ ވާހަކަ ބުނުމުން އޭނާއަށް މަރުހަބާ ކީކަމަށް ކަރީނާ ބުނެފައި ވެސް ވެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން އިމްތިޔާޒް ބުނީ ޝާހިދު އާއި ގުޅިގެން ފިލްމެއްގެ މަސައްކަތް ފަށަފައިވާ ކަަމަށް ބުނެފައިވެ އެވެ. ނަމަވެސް ފިލްމަށް ވަންޖެހޭ ވަރަށް އަދި ތައްޔާރުވެވިފައި ނެތުމުން އިތުރު މައުލޫމާތެއް ނުދެ އެވެ. މި ފިލްމުގައި ޝާހިދާއެކު ކަރީނާ ފެނިގެން ހިންގައިދާނެތޯ މީޑިއާއަކުން ކުރި ސުވާލަށް ޖަވާބު ދެމުން އިމްތިޔާޒް ބުނީ އަދި އެކަމާއި އެހާ ބޮޑަށް ވިސްނާފަ ނެތްކަމަށެވެ.