ހަބަރު

ދިރާގު ޓީވީއާއެކު ކުޅުދުއްފުޓަށް އުފާވެރިކަން

Jan 28, 2018
  • ފައިބަ ބްރޯޑްބޭންޑް ވެސް ކުޅުފުއްޓަށް
  • ފައިބާ ޓު ހޯމް ހިދުމަތް 17 ރަށަކަށް
  • ދިރާގު ޓީވީގައި 80 އަށްވުރެ ގިނަ ޗެނަލް

ދިރާގު ޓީވީގެ ހިދުމަތާއެކު ދިރާގުގެ ހައިސްޕީޑް ފައިބަގެ ހިދުމަތް ހދ. ކުޅުދުއްފުށީގައި ރަސްމީކޮށް ފަށައި އެވެ.

ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. އަދި ނައިފަރާއި ހިންނަވަރުގައި މިގާއިމް ކުރެވުނު ފައިބަރގެ ހިދުމަތް މމެދުވެރިކޮށް ދިރާގު ޓީވީ ފަސޭހަކަމާއެކު ބަލާލެވޭނެ އެވެ.

މާލެއާ އަތޮޅުތެރޭގައި ފޯރުކޮށްދޭ ހިދުމަތުގައި އެއްވެސް ތަފާތުކުރުމެއްނެތި ހަރަދުކުޑަކޮށް ދިރާގު ޓީވީގެ އިންޓްރާޑަކްޓަރީ ޕެކްޖްގައި 80 އަށް ވުރެ ގިނަ ޗެނެލްތައް ބަލާލެވޭނެ އެވެ. މިގޮތުން ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރި ޑިޒްނީ ގެ ޗެނެލްތަކުން ފެށިގެން ގޮސް ހަބަރާއި މުނިފޫހިފިލުވުން އަދި އެންމެ ފަހުގެ ހިންދީ އަދި އިނގިރެސި ފިލްމާ މިއުޒިކް ޗެނެލްތައް ހިމެނެއެވެ. ދިރާގުގެ އިންޓްރޯޑަކްޓަރީ ޕެކެޖްގެ އަގަކީ 300 ރުފިޔާއެވެ.

ދިރާގު ޓީވީ އަކި ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ޒަރީއާއިން ޖޯއިބޮކްސް ނުވަތަ ސެޓްޓޮޕް ބޮކްސް މެދުވެރިކޮށް ހޯދާ ހިދުމަތަކަށް ވިޔަސް ދިރާގު ޓީވީ ބަލާކަށް އިންޓަނެޓްގެ އިތުރު ހަރަދެއް ނުހިނގުމުގެ އިތުރުން އިންޓަނެޓްގެ ޑައުންލޯޑް ލިމިޓް (ޔޫސޭޖް އެލަވަންސަކަށް) އަސަރެއްނުކުރާނެ އެވެ.

ދިރާގު ޓީވީމެދުވެރިކޮށް އެންމެ ފަހުގެ ހަބަރާއި މުނިފޫހިފިލުވުމުގެ ޗެނެލްތައް ބަލާލެވޭނެއެވެ. ދިރާގު ގެ ހައިސްޕީޑް ފޯރުކޮށްދޭ ފައިބަރ ބްރޯޑްބޭންޑް އަދި ދިރާގު ޓީވީ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން މިއަދު ޅަވިޔަނި އަތޮޅު ހިންނަވަރު އަދި ނައިފަރުގައި މިހިދުމަތް ފޯރކޮށްދީފިއެވެ.

ފައިބަ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ އެއް ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ހިދުމަތެވެ.

ދިރާގުން ދަނީ މިހާރުވެސް ދިރާގު ޓީވީ އަދި ފައިބަ ގެ ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދަމުންނެވެ. މި ޕްރޮމޯޝަނުގައި ދިރާގު ފައިބަރ ހިލޭގުޅައި ދިނުމުގެ އިތުރުން 3 މަސްދުވަސް ވަންދެން ނަންގަވާ ކޮންމެ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން 25 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ އެވެ. ދިރާގުގެ ފައިބާ ޓު ދަ ހޯމް މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 17 އެހެން ރަށަކަށް ވަނީ ފޯރުކޮށްދީފައެވެ. އަދި އޭޑީއެސްއެލްގެ ހިދުމަތް ރާއްޖޭގެ އާބާދީ ބޮޑެތި ހުރިހާ ރަށަކުންލިބެއެވެ. އަދި މި އިއުލާނުކުރި ޕްރޮމޯޝަންގެ ދަށުން ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ގާއިމުކޮށްފަ ހުރި ކޮންމެ ރަށަކަށް ވަކިން ހާއްސަކޮށްގެން ލަކީ ޑްރޯ އެއް ނަގާނެއެވެ.