ވިޔަފާރި

ރެއިންބޯ ސޭލްގެ ނަސީބުވެރިން ހޮވައިފި

Jan 28, 2018

ރެއިންބޯ އިން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ "އިޔާ އެންޑް ސޭލް 2017" ގެ ނަސީވެރިން ހޮވައިފި އެވެ.

ރެއިންބޯއިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބެރިންގެ ގޮތުގައި ހޮވޭ ފަރާތްތަކަށް ގިނަ އިނާމުތަކެއް ހުށަހަޅާފައިވެ އެވެ. ހުށަހެޅި އިނާމުތަކުގެ ތެރޭގައި އައިފޯން އެކްސް އާއި 50 އިންޗީގެ އެލްއީޑީ ޓީވި އަދި ފްރިޖް ފަދަ އިނާމުތައް ހިމެނެ އެވެ.

1 - ވަނަ އިނާމު އަލީ އަހުމަދު، ރޯޝަނީއާގެ (އައިފޯން އެކްސްފޯނު)
2 - އާތިފާ އަހުމަދު ލަތީފު، ހ. ރޯސްބީން (50 އިންޗީގެ ޓީވީ)
3 - އާތިފާ އަހުމަދު ލަތީފު، ހ. ރޯސްބީން (ފްރިޖް)

ރެއިންބޯ އިން ކޮންމެ އަހަރަކު ވެސް އަހަރު ނިންމަން ހާއްސަ ސޭލެއް ބާއްވަ އެވެ. މި ސޭލްތަކަށް ގިނަ ބައެއްގެ ތަރުހީބު ލިބެ އެވެ.