ވިޔަފާރި

ދިރާގަށް 234 މިލިއަން ރުފިޔާގެ ފައިދާ

Jan 31, 2018
1

ދިރާގުގެ މިދިޔަ އަހަރުގެ ފަހު ކްއާޓަރުގެ ފައިދާގެ ގޮތުގައި 234 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ދިރާގުގެ މިދިއަ އަހަރުގެ ފަހު ކްއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިއަ އަހަރުގެ 234 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި އަދަދަކީ އޭގެ ކުރީ އަހަރު ލިބުނު 210 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 11 ޕަސެންޓުގެ ކުރިއެރުމެކެވެ.

ދިރާގަށް މިދިޔަ ކްއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 698 މިލިއަން ރުފިޔާ އެވެ.

އެ ކުންފުނިން މިދިޔަ އަހަރުގެ ހަތަރު ވަނަ ކްއާޓަރުގައި ޓެކުހުގެ ގޮތުގައި 43.5 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. މުޅި އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް ޖެހެނީ 12.32ރ. އެވެ.