1 ފެބުރުއަރީގެ އަމުރު

އަލީ ހަމީދާއި ޑީޖޭއޭގެ ވެރިޔާއަށް ތުހުމަތުވާ ރިޝްވަތުގެ މައްސަލައެއް ފުލުހުން ބަލަނީ

Feb 4, 2018
9

ފުލުހުން ދާދި ދެންމެއަކު ބުނީ ޑީޖޭއޭގެ އިސްވެރިޔާ ހަސަން ސައީދާއި ސުޕްރީމް ކޯޓްގެ އިސްފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ތުހުމަތު ކުރެވޭ ރިޝްވަތުގެ މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާ ކަމަށާއި ޑީޖޭއޭގެ އިސްވެރިޔާ ހަސަން ސައީދު ހައްޔަރު ކުރަން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނި އިރު، ރޭގެ ވަގުތެއްގައި ޕީޕީއެމްގެ އެކްޓިވިސްޓަކު ވަނީ ކުރީގެ ރައީސް މައުމޫން އާއި ސުޕްރީމް ކޯޓްގެ ފަޑިޔރާރުންނާ ހާއްސަ ގުޅުންތަކެއް ބާއްވާ ކަމަށް ތުހުމަތުކޮށް އެ ޕާޓީގެ މަސްލަހަތު އޮންނަ ޗެނަލް 13 އަށް އިންޓަވިއެއް ދީފަ އެވެ. އަދި އޭގެ ފަހުން ޕީޕީއެމްގެ އިސްވެރިން އެ ޕާޓީގެ އޮފީހުގައި ދިން ނޫސް ކޮންފަރެންސެއްގައި ވަނީ މި މައްސަލަތައް ބަލަން ފުލުހަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.

ފުލުހުން ދާދި ދެންމެއަކު ބުނެފައި ވަނީ، ޑީޖޭއޭގެ އިސްވެރިޔާ ހަސަން ސައީދު ކޯޓް އަމުރެއްގެ ދަށުން ހައްޔަރު ކުރުމަށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން ކުރަނީ ރިޝްވަތުގެ ތުހުމަތުގައި ކަމަށެވެ. އަދި އެކަމާ ގުޅޭ ކިތާބީ ހެކި ލިބިފައިވާ ކަމަށާއި އެކަމަށް ލިބިފައިވާ ހެއްކަކީ މާލޭގެ ރިއަލް އެސްޓޭޓް ޕްރޮޖެކްޓަކުން ފްލެޓެއް ގަންނަން ފައިސާގެ މުއާމަލާތްތަކެއް ކޮށްފައި ވުން ކަމަށެވެ. އަދި މިކަމުުގައި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދުގެ އާއިލާގެ ދެ ބޭފުޅަކަށް ވެސް ތުހުމަތު ކުރެވޭ ކަމަށާއި އެފަދަ މުއާމަލާތްތަކެއް އެބޭފުޅުން ކުރި ކަމުގެ ކިތާބީ ހެކި ފުލުހަށް ލިބިފައިވާ ކަމަށެވެ.