ވިލާ ގްރޫޕް ހިންގުމާ މިހާރު ހަވާލުވެ ހުންނެވި، ގާސިމްގެ ދޮށީ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ދާދި ދެންމެއަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ސިޔާދް ގާސިމް ފުލުހުން ހައްޔަރު ކުރީ ވިލާގެ މައި އޮފީސް މިއަދު ބަލައި ފާސްކުރުމަށް ފަހު އެވެ. އަދި ވިލާގެ ޕެރަޑައިސް ރިސޯޓް ވެސް ފުލުހުން މިއަދު ވަނީ ފާސްކޮށްފަ އެވެ. ވިލާ ގްރޫޕްއާ ގުޅުން ހުރި ތަންތަން ފާސްކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
ފުލުހުން ބުނީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ސިޔާދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ހައްޔަރު ކޮށްފައިވަނީ ކޮން ސަބަބަކާ ހުރެގެން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ގާސިމްގެ ވިޔަފާރީގައި އެންމެ އިސްކޮށް މިހާރު ހުންނަވަނީ ސިޔާދު އެވެ. އެއީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ.