ވިޔަފާރި

ދިރާގު ހިއްސާދާރުންނަށް ފައިދާގެ ބޮޑު ބައެއް ބަހަނީ

Feb 12, 2018
1

ދިރާގަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ކޮންމެ ހިއްސާ އަކަށް 11.81ރ. ބަހަން އަހަރީ އާއްމު ޖަލްސާއަށް ހުށަޙަޅަން، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނިން ބުނި ގޮތުގައި މިދިޔަ ފައިދާގެ ގޮތުގައި ލިބުނު 897.6 މިލިޔަން ރުފިޔާ ހިއްސާދާރުންނަށް ބަހަން ހުށަހެޅުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ހިއްސާގެ ޖުމްލަ ފައިދާ ބަހާފައިވަނީ ދިރާގުން އިންޓަރިމް ޑިވިޑެންޓްގެ ގޮތުގައި 453 މިލިޔަން ރުފިޔާ (ނުވަތަ ހިއްސާ އަކަށް 5.96ރ.) އަދި އަހަރުގެ ފައިނަލް ޑިވިޑެންޓްގެ ގޮތުގައި 445 މިލިއަން ރުފިޔާ (ނުވަތަ ހިއްސާ އަކަށް 5.85ރ.) އެވެ.

ދިރާގުން ބުނީ މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި އަހަރީ އާންމު ޖަލްސާ އިން ފާސްކުރާ ބައި ބަހާނީ، އެ ކުންފުނިން އިއުލާނުކުރި "ބުކް ކްލޯޝާ ޑޭޓް" ގައި ހިއްސާ ގަނެ، އެ ކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓްރީގައިވާ ފަރާތްތަކަށް ކަމަށެވެ.

ދިރާގުން ވަނީ މިދިޔަ ހަ އަހަރު ދެމެހެއްޓެނިވި ފައިދާއެއް ހިއްސާދާރުންނަށް ބަހާފައިވެ އެވެ. މިގޮތުން މިދިޔަ އަހަރުގެ ހިއްސާގެ ފައިދާއާއެކު ޖުމްލަ 4.9 ބިލިއަން ރުފިޔާ ހިއްސާދާރުންނަށް ބެހިގެންދާނެ އެވެ.