މިއުޒިކް

ސްޓައިލްގެ ހިތްގައިމު ގެ 8 މިލިއަަން ޑޮލަރަށް ވިއްކާލަނީ

އިނގިރޭސި ލަވަކިޔުންތެރިޔާ / އެކްޓާ ހެރީ ސްޓައިލްސް، އެމެރިކާގެ ލޮސް އެންޖެލެސްއިން ގަނެފައިވާ ރީތި ގެ އަށް މިލިއަން ޑޮލަރަށް ވިއްކާލަން އިއުލާނުކޮށްފި އެވެ. އެ ގެ ހެރީ ގަތީ ޖެނުއަރީ 2016 ގައި 6.8 މިލިއަން ޑޮލަރަށެވެ. ގެ ވިއްކާލަން އޭނާ ވަނީ ގެދޮރު ގަނެ ވިއްކުމުގެ ވިޔަފާރީ ކުރާ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.

ކެލިފޯނިއާގެ ލޮސް އެންޖަލަސް ސިޓީގެ ހޮލީވުޑް ހިލްސް ނެއިބާހުޑްގައި ހުންނަ އެ ގޭގެ މާސްޓަ ބެޑްރޫމުގެ ކުޑަދޮރުން އެ ސިޓީގެ ސަޅި ވިއުއެއް ފެނެ އެވެ. އެ ބެޑްރޫމްގެ ކުޑަދޮރުގައި 10 ފޫޓޫގެ ދިގުމިން ހުރެ އެވެ.

މާސްޓާ ބޭޑްރޫމުގެ އިތުރުން އެގޭގައި ދެ ކޮޓަރި ހުރެ އެވެ. ފަސް ފާހާނާ ހުންނައިރު، ޖިމަކާއި ލަގްޒަރީ ކިޗަންއެއްގެ އިތުރުން ފިލްމު އެއްޗެހި އަޅުވަން ސްކްރީނިންގް ރޫމެއް ވެސް ހުރެ އެވެ. ސުވިމިންގް ޕޫލެއް ވެސް އެގޭގައި ހިމެނެ އެވެ. ބޮޑު މިނުގައި 4،400 އަކަފޫޓު ހުންނަ އެ ގޭގައި ހުންނައިރު ޕެސެފިކް ކަނޑުގެ ހިތްގައިމު މަންޒަރުތައް ވެސް ފެނެ އެވެ.

ގެ ވިއްކާލުމަށް ހަވާލުކުރި ހެރީގެ އޭޖެންޓު ބުނީ އެ ގެ ގަތް އަގަށްވުރެ ބޮޑުކޮށް ވިއްކާލަން ނިންމީ ހެރީ އެގޭގައި އުޅުންއިރު އެގެ އިތުރަށް ރީތީކޮށް ބަދަލުތައް ގެނެސްފައިވާތީ ކަމަށެވެ. އަދި އެ ގެ ހުރި ސަރަހައްދުގެ ގޮތުން މާކެޓްގައި އެ ގެއަށް ޑިމާންޑު ބޮޑުވާނެތީ އަގު ބޮޑު ކުރީ ކަމަށެވެ. ގެ ވިއްކާލާއިރު މިދިޔަ އަހަރު ހެރީ ވަނީ މެންހަޓަން އިން އާ ގެއެއް ވެސް ގަނެފަ އެވެ.