އެމެރިކާގެ އެންމެ ބޮޑު ހާޑްވެއާ ޗޭނުގެ ގޮތްޕެއް ރާއްޖެއަށް އަތުވެދާނެ ކަމަށް ގަބޫލުރީ ކާކު ހެއްޔެވެ؟ އެކަމަކުވެސް ނުވިސްނައި ތިއްބައި މި މި ބިޔަ ވިޔަފާރީގެ ގޮތްޕެއް ރާއްޖޭގައި ހުޅުވި އެވެ. ތަފާތު ސާމާނާ އެކުގަ އެވެ. އޭސްގެ ފިހާރައަކަށް ވަނުމާއެކު ފެންނަނީ ހައްތާވެސް މުހިންމު އެއްޗިއްސެވެ. ގަނެފަ ނު ގަންނާނެ އެއްޗެއް އެތަނަކު ނެތެވެ.
އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓަރުގެ ނަމުގައި މާލޭގައި ދެ ފިހާރައެއް ހިންގަމުންދެ އެވެ. މި ފިހާރަތަކުގައި ހުރި ގިނަ ސާމާނަކީ އާއްމުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ ސާމާނެވެ. މި ތަނުގައި ރާއްޖޭގެ ބާޒާރުން ނުފެންނަ ނުލިބޭ ތަފާތު މޮޅު ސާމާނު އެބަ ހުއްޓެވެ. މިފަދަ އެއް އުފެއްދުމަކީ އިންސެކްޓް ފަދަ ސޫފިތައް ބިރުން ފިއްކަނޑުވާލާ ސްޕްރޭ ފަދަ ސާމާނެވެ. މި ބާވަތްތަކީ މިހާރު އެންމެ ބޮޑަށް ކަސްޓަމަރުންގެ ލޮލުގައި އަޅައި ގަންނަ އެއް ބާވަތްތަކެވެ. މީގެ އިތުރުން ބަދިގޭގައި ބޭނުންކޮށްލުމަށް ހާއްސަ ގިނަ ސާމާނު ވެސް ލިބެން ހުރެ އެވެ. އަދި މިވަރުން ނިމުނީ އެއް ނޫނެވެ؛ މިތަނުގައި މަސައްކަތް ހަލުވިކޮށްލުމަށް ފައްކާ ސާމާނު ވެސް އެބަ ހުއްޓެވެ. މީގެ އިތުރުން ލައިޓާއި ފާހާނާއަށް ބޭނުންވާ ގިނަ ސާމާނުވެސް ހުރެ އެވެ. އަދި ކުލަ އާއި ދަވާދު ވެސް ނަން ހުސްކޮށް ލިބެން ހުރެ އެވެ.
އޭސްގެ ފިހާރަތަކުން ވިއްކާ ސާމާނަކީ ތޯތޯ އެއްޗިއްސެއް ނޫނެވެ. މިއީ މޮޅެތި އެއްޗެއްސެވެ. ސަބަބަކީ ކޮބައި ހެޔެވެ؟ އޭސް ބްރޭންޑަކީ އެމެރިކާ އާއި ޔޫރަޕުގެ ނަމްބަރު ވަން އަށްވުމެވެ. މި އުފެއްދުންތަކީ ރާއްޖޭގައި ހުޅުވާ ގިނަ ރިސޯޓްތަކުގައިވެސް މިހާރު ބޭނުންކުރާ ސާމާނެވެ.
އޭސް ހާޑްވެއާއަށް ތިން އަހަރު ފުރުމާ ދިމާކޮށް ވަނީ ހާއްސަ ޕްރޮމޯޝަނެއް ފަށާފަ އެވެ. މި "އެނުވާސެރީ ބަޝް" ގެ ނަމުގައި ފަށާފައިވާ މި ޕްރޮމޯޝަންގައި 80 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބެ އެވެ. މި ޕްރޮމޯޝުން ވިޔަފާރި ކުރުމުން ލިބޭ ޑިސްކައުންޓުގެ އިތުރުން މަސް ފިހެލައި ހަދާލުމަށް ހާއްސަ ބާބެކިއޫ ގްރިލްއެއް ހިލޭ ލިބުމުގެ މަގު ވެސް ފަހިވެ އެވެ. މި ޕްރޮމޯޝަން މާދަމާ ރޭގެ ނިޔަލަށް ކުރިއަށް ދާއިރު ހެނދުނު ނުވައަކުން ރޭގަނޑު 12:00 ޖެހުމާ ހަމައަށް އެ ފިހާރައަށް ދާ ކަސްޓަމަރުންނަށް ހިލޭ ކޮފީ އާއި ޑޯނަޓް ލިބޭނެ އެވެ.