އީޔޫ

އީޔޫ ސަފީރު ފޮރިންް މިނިސްޓަރާ ބައްދަލު ކުރައްވައިފި

ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓުން ލައި މާގީ، ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާ ބައްދަލު ކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ދެ ބޭފުޅުން ބައްދަލު ކުރެއްވީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ. އަދި ބުނީ ބައްދަލުވުމުގަައި ދެ ބޭފުޅުން ބައްދަލު ކުރެއްވީ ރާއްޖޭގައި މިހާރު ރާއްޖޭގައި މިހާރު ހިނގަމުންްދާ ސިޔާސީ ކަންތައްތަކާއި އީޔޫއާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމާ ބެހޭ ގޮތުން ކަމަށެވެ. މިނިސްޓަރު އާސިމް އީޔޫ ސަފީރަށް ވިދާޅުވީ އެ ޖަމާއަތަކީ ރާއްޖެއިން ވަރަށް ބޮޑު އަހައްމިއްޔަތެއް ދޭ ޖަމާއަތެއް ކަމަށެވެ.

ރާއްޖޭގައި ގާނޫނީ ހުކޫމަތު ދަމަހައްޓަން ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ބުނާ ބުނުން މިނިސްޓަރު ތަކުރާރު ކުރެއްވި އެވެ.

ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކޮށް ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމުން އީޔޫ ސަފީރު ކުރިން ވެސް ވަނީ ރާއްޖެއަށް ދަތުރުފުޅެއް ކުރައްވާފަ އެވެ. އެފަހަރު ސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރައްވަން ކުރެއްވި މަސައްކަތް ކާމިޔާބު ނުވުމުން އޭނާ ރާއްޖޭން ފުރާވަޑައިގެންނެވީ ކަންބޮޑުވުން ފާޅުކުރެއްވުމަށް ފަހުގަ އެވެ.