ރާއްޖެ ކުޅިވަރު

ބޮކުރީ އަށް ކުޅެވޭނީ ހަ މަސް ފަހުން

ރާއްޖޭގެ ގައުމީ ޓީމާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މިޑްފީލްޑަރު ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ)ގެ ކަކުލަށް ލިބިފައިވާ އަނިޔާއާ ގުޅިގެން އިއްޔެ އޭނާގެ ފައިގެ އޮަޕަރޭޝަނެއްކޮށްފި އެވެ.

ގައުމީ ޓީމުގެ ޑޮކްޓަރު އަހުމަދު ޝަކީބް ބުނީ މި ސީޒަންގައި މާޒިޔާގައި ރަނގަޅު ކުޅުމެއް ދައްކާފައިވާ ބޮކުރީގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ކުރި އޮޕަރޭޝަން ކާމިޔާބު ކަމަށާއި އޭނާ އަށް އަލުން ކުޅެވޭނީ ހަ މަސް ދުވަސް ފަހުން ކަމަށެވެ.

"ހަ މަސް ދުވަހުގެ ފަހުން ބޮކުރީ އަށް ކުޅެން ނުކުމެވޭނެ ކަމަށް އުންމީދުކުރަން،" ޝަކީް އޭނާގެ ފޭސްބުކް ޕޭޖުގައި ބުނެފައިވެ އެވެ.

ބޮކުރީ އަށް މި ސީޒަންގައި ދެން މާޒިޔާ އަށް މެޗެއް ކުޅެވޭނެ ކަމުގެ އުންމީދެއް ނެތެވެ. އަދި މި އަހަރު ގައުމީ ޓީމަށް ކުރިއަށް އޮތް އޮތް ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތަކާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބޮކުރީ އަށް ނުކުޅެވޭނެ އެވެ. ޑިސެމްބަރު މަހު އޮންނަ ސާފް ޗެމްޕިއަންޝިޕްގައި ވެސް އޭނާ އަށް ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ.