އޭއެފްސީ ކަޕްގެ ގުރޫޕް އީގައި މިއަދު ސިންގަޕޫރުގެ ވޯރިއާސް އަތުން ރަށުން ބޭރުގައި 2-0 އިން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅަކާއެކު މުބާރާތުގައި ކުޅެންޖެހޭ މެޗުތައް ނިންމާލައިފި އެވެ.
ސިންގަޕޫރުގެ ޖެލާން ބަޝާރް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ދެވަނަ ހާފުގައި މަޒިޔާގެ ދެ ލަނޑު ޖެހީ މުހައްމަދު އުމެއިރާޢި ސްޕެއިންގެ ފޯވަޑް ޕަބްލޯ ރޮޑްރިގޭޒް އެވެ.
މި މެޗުން ކުރިން ވެސް ދެވަނަ ބުރުގެ ފުރުސަތު ގެއްލިފައި އޮތް މާޒިޔާ ގުރޫޕް އީގެ ތިން ވަނައިގައި ނިންމާލީ ހަތް ޕޮއިންޓާއެކު އެވެ. މި މެޗުން މޮޅުވެގެން މާޒިޔާ އަށް މުބާރާތުގައި ކުރިއަށް ނުދެވުނު ނަމަވެސް، މިއީ އޭއެފްސީގެ ކްލަބު ރޭންކިންގައި މާޒިޔާ އަށް މުހިންމު މޮޅެކެވެ.
މާޒިޔާ ވަނީ ގުރޫޕް އީގައި ކުޅުނު ހަ މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށްފަ އެވެ.
މި މުބާރާތުގެ ގުރޫޕް އެޗްގައި ވާދަކުރާ ނިއު ރޭޑިއަންޓް މުބާރާތުގައި ކުޅޭ ފަހު މެޗުގައި މާދަމާ ރަށުން ބޭރުގައި ނުކުންނާނީ ލާއޮސްގެ ލާއޯ ޓޯޔޯޓާ އެފްސީއާ ދެކޮޅަށެވެ.