ހަބަރު

އިހުތިޖާޖު ރޫޅާލައި، މަހުލޫފް ހައްޔަރުކޮށްފި

އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ކޮންމެ ރެއަކު ކުރިޔަށް ގެންދާ އިހުތިޖާޖު ފުލުހުން ރޫޅާލައި، ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ހައްޔަރުކޮށްފި އެވެ.

މީގެ ކުރިން އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ އިހުތިޖާޖު ފުލުހުން ކޮންމެ ރެއަކު ރޫޅާލަނީ 12:00 ހާއިރަށެވެ. ނަމަވެސް މިއަދު 10:45 ހާއިރު ފުލުހުން ވަނީ އެމްޑީޕީ ހަރުގެ ހުންނަ ސަރަހައްދަށް ގޮސް އެ ސަރަހައްދުގައި ތިބި މީހުން ދުރަށް ޖައްސާ ރޫޅާލައިފަ އެވެ. އެގޮތުން އެމްޑީޕީ ހަރުގޭގައި ތިބި މީހުން ބޭރަށް ނެރެ، މަގުމަތީ ހުރި މީހުން ގަޔަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހާފައެވެ.