chattelegramwhatsappviber google-plus twitter facebook

1 ފެބުރުއަރީގެ އަމުރު

އެސްއޯއީ އުވާލުން ރަނގަޅު، އަމުރު ވެސް ތަންފީޒުކުރޭ: އިންޑިއާ

ރާއްޖޭގެ ފޮރިން މިނިސްޓަރާއި އިންޑިއާގެ ފޮރިން މިނިސްޓަރު

ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން އަވަށްޓެރި އިންޑިއާއިން މަރުހަބާ ކިޔައިފި އެވެ. މަރުހަބާ ކިޔުމާއެކު އިންޑިއާއިން ވަނީ އަދިވެސް ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށާއި އެކަންކަން ހައްލު ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް އެޅުނު ފިޔަވަޅެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް އަދިވެސް ބައިނަލްއަގްވާމީ މުޖުތަމައުން ރާއްޖެއާ ގުޅޭ ގޮތުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ލިބިފައި ނުވަތަ ހޯދިފައިނުވާ ކަމަށެވެ،

އިންޑިއާގެ ބަޔާނުގައި ބުނީ ގާނޫނު އަސާސީގެ ހުރިހާ މާއްދާތަކެއް އިޔާދަކޮށް، ސުޕްރީމް ކޯޓާއި ޝަރުއީ ނިޒާމް ފުރިހަމައަށް ހިނގާނެ ގޮތްތައް ހަދަން ޖެހޭ ކަމަށެވެ. އަދި ނުފޫޒުން އެއްކިބާވެފައިވާ ރައްޔިތުންގެ މަޖިލީހަކަށް ވެސް ޖާގަ ދޭން ޖެހޭ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން އެންމެ ހަރުކަށިކޮށް ބަޔާންތައް ނެރުނު އިންޑިއާގެ މިއަދުގެ ބަޔާނުގައި ވެސް އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވާފައިވާ އަމުރު ތަންފީޒު ކުރުމަށް ގޮވާލާފަ އެވެ. އިންޑިއާއިން ބުނީ އެ އަމުރު ތަންފީޒުކޮށް ސަރުކާރުން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރަން ޖެހޭ ކަމަށެވެ. މަޝްވަރާއަށް ދިޔުމަށް ޕާޓީތަކުގެ އެންމެ މުހިންމު ޝަރުތަކީ އެ އަމުރު ތަންފީޒު ކުރުމެވެ.

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން ގާނޫނީ ބާރު ހިނގާނެ ގޮތަށް ކަންކަން ބައްޓަންކޮށް ސިޔާސީ ހަރަކާތްތަކަށް ފުރުސަތު ދިނުމަށް ވެސް އިންޑިއާއިން ގޮވާލާފައިވެ އެވެ.

އެކެއް ފެބުރުއަރީގެ އަމުރު ތަންފީޒުކުރުމަށް އިންޑިއާއިން ގޮވާލާފައިވާއިރު އެ އަމުރަކީ ސަރުކާރު ވައްޓާލަން ނެރުނު އަމުރެއް ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. އަދި އެ މައްސަލާގައި ގިނަ ބަޔަކަށް ދައުވާ ވެސް ވަނީ ކޮށްފަ އެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދާއި ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރެއް ކަމަށްވާ އަހުމަދު ފާރިސް މައުމޫނާއި އަބްދުﷲ ރިޔާޒާއި އަބްދުﷲ ސިނާނާއި އިލްހާމް އަހުމަދާއި ކުރީގެ ސީޕީ އަހުމަދު އަރީފާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްގެ މައްޗަށެވެ.

ދައުވާކުރުމަށްފަހު ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި ދުރާލާ ރޭވުނު ޕްލޭނެއްގެ ދަށުން ވަކި ބަޔަކު އެކުވެގެން، އެބައިމީހުންނަށް ލިބިފައިވާ، އަދި ލިބެން އޮތް މަންފާއެއްގެ ބޭނުމުގައި، އަދި މި މައްސަލާގައި ހޯދިފައިވާ ފަދައިން އެ ފަރާތްތަކުން ހިފާފައިވާ ރިޝްވަތުގެ ފައިސާގެ މުގާބިލުގައި ނެރެފައިވާ އަމުރެއްކަން ސާފުވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
  • ނަދީމް

    އަންޑަރ ޑިއުރެސް.

    3
    CLOSE
  • ލާ

    ކޮން އިންތިޚާބުގެ ކުރިން އޭ ކިޔަންތޭ އިންޑިއާ ދަ ނޯކަރު އޮފް މޯލްޑިވިއާނޯސް ދޯ.

    5
    1
    CLOSE
  • އެވްރީ

    ބޭރުގައުމަކުން ނޫން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭނިގަނެގެން މަމެންނަށް ގޮތް ކިޔާ ދޭން ޖެހޭނީ. އިންޑިއާ އަށް ނޭގޭނެ މަމެންނަށް ހަދަންވާ ގޮތް ކިޔާ ދޭން ސަބަބަކީ އިންޑިއާ އަކީ އެއީ މަގުމައްޗަށް ސީ ލުމުގައި ދުނިޔޭގެ ފޮތުން ޖާގަ ހޯދާފައިވާ ހަމަ އެކަނި ގައުމަކީ ރޭޕް ކެޕިޓަލް އަކީ އަދި މީހުން ގަޔަށް އެސިޑް ޖެހުމުގައި ވޯރލްޑް ރިކޯރޑް އަނބިމީހާ އަށް އަންހެން ކުއްޖަކު ލިބުމުން ފިރިމީހާ ނިކުމެ އަނބިމީހާ މޫނަށް އެސިޑް ޖަހާ އިންސާނިއްޔަތާއި ޚިލާފު އަމަލު ތައް ހިންގުމުގައި ލާމަސީލު ނަމޫނާ ހޯދާފައިވާ ގައުމެއް ގެރިމަސް ކޮޅެއް ވިއްކި މީހަކު ނަަމަ ހިންދޫން ނިކުމެ އެމީހަކު މަރާލާ ގައުމެއް ބުދަށް އަޅުކަން ކުރުމާއި އެރެދުމުގައި ހައްދު ފަހަނައަޅާފައިވާ ގަމާރު ޖާހިލުން ތިބޭ ގައުމެއް ސްޕެޝަލީ ވެރިކަމުގައި ބޮޑު ވަޒީރު ކަމުގައި ވެސް ތިބީ އަބޫޖަހުލު ޑީއެންއޭ ހުރި އެއްޗެހިން ތައް ކަމަށްވާތީވެ އެމެން ބުނާ ގޮތަށް މަމެން ޕިންކީން ހަދަން ނުޖެހޭނެއޭ. އިންޑިއާ އެވްރީ ވެލިޔު ޔޫ ބްރޭކް އެވްރީ ސްޓެޕް ޔޫ ޓޭކް...

    11
    2
    CLOSE
  • ޙުސެން

    މާފަހަތުގަ!! އަމުރު ބާތިލް ވިކަންއަދި ނޭންގެނީ. އަދި ވިސްނޭނެ ބަހައްޓާ!!!

    12
    1
    CLOSE
  • ދަވޭއޭ

    އިންތިހާބުގެ ކުރިން ވެސް ގާނޫނުގެ ބާރު ފުރިހަމަ އަށް ހިނގުން މުހިއްމު ކަމަށް އިންޑިއާ އިން ކަނޑުކޮސް ގޮވި ނަމަވެސް މަމެން އިންޑިއާ އިން ބުނާ ގޮތެއް ނަހަދާނަމޭ. ހާއު. މޭބީ ވީއާރ ގްރޭޓަރ ދެން އިންޑިއާ ހާއު ހާއު އިންޑިއާ އަކީ މިހާތަނަށް އެމެން ކުރި ހަނގުރާމަ އަކުން ވެސް މޮޅުވި ބަޔެއް ނޫނޭ ކުޅަދާނަ އެއް ނޫނޭ އެމެންނަށް ކަޝްމީރު މުޖާހިދުންނާއި އެކު ކުރާ ހަނގުރާމަ އިން ވެސް މޮޅުވާން އިންޑިއާ ގައި އޮތީ ކޮރަޕްޝަން އާއި ރޭޕް ކޭސް ތަކުންނޭ ފުރިފައޭ ގެރިމަސް ކޮޅެއް ކާލާ މީހަކު މަރާލަނީއޭ އެހާ ބޮޑެތި ގަމާރުންނޭ އިންޑިއާ ގައި އުޅެނީ އެއީ ބުދަށް އަޅުކަން ކުރުމުގައި ހައްދު ފަހަނައަޅާ ފައިވާ ބަޔެކޭ އިންޑިއާ މީހުންނަކީ ހެޔޮ ނުވާނެއޭ އިންޑިއާ މީހުން ބުނާ ގޮތަށް ހަދަން. ވަން ޓޫ ތްރީ ފޯރ އިންޑިއާ ބުނާ ގޮތަށް މަމެން ނަހަދާނަމޭ މަމެން ޕިންކީންނޭ މިހާރު އެމެން އެމްޑީޕީގެ މައްޗަށް ކުރި ހޯދީ ޖޭޕީ އަކީ އެއީ ބަޔެއް ނޫނޭ އެއީ ޕްރޮޕެގެންޑާ ފަތުރާ ބަޔެކޭ އެޕާރޓީ ގައި ނުތިބޭނެއޭ 200 މީހުން ވެސް މިހާރު.

    15
    11
    CLOSE
  • މަހަށްދޭބަލަ

    އިންޑިއާ އިން ބަޔާން ތައް ނެރެލަ ނެރެލާ ތިބެން ޖެހޭނީ ތަމެންނަށް ކުރެވޭނެ ކުރާނެ އެއް ކަމެއް ވެސް ނޯންނާނެއޭ މީމަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ދޯ. މަމެން ބޭނުން ގޮތެއް ހަދާލާނީ. އިންޑިއާ މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަ

    17
    10
    CLOSE
  • މަހަށްދޭބަލަ

    އިންޑިއާ އަށް އަދި ތިޔާ އުޅެނީ ކުޑާ ކޮށް ސައިޒު އޮޅިގެންނޭ މިރާއްޖެ އަކު ނޯންނާނެއޭ މިހާރު ފެބް އެކެއްގައި ސްޕްރީމް ކޯޓުން ނެރުނު އަމުރެއް އެއަމުރު ވަނީ ސްޕްރީމް ކޯޓުން ބާތިލް ކޮށްފައޭ ދެން އެކަން އެނިމުނީއޭ. ސްޕްރީމް ކޯޓުގެ ހުކުމް އަކުން ވާނީ ސާފު ކޮށްދީފައޭ ސްޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެއީ އަގްލަބިއްޔަތުން ނިންމާ ނިންމުން ކަމަށް އެގޮތުން 5 ފަނޑިޔާރުން ތިބޭ ތަނުން ތިން ފަނޑިޔާރުންގެ ހާޒިރު ގައި ނެރޭ ހުކުމް ތަކާއި އަމުރު ތައް އެވާނީ ސައްހަ އަމުރު ތަކަށޭ. ތަމެން ރަންރީނދޫ ޓްވިޓަރޭ މެން އަދި ތިޔާ އުޅެނީ ގާނޫނީ ގޮތުން ވަރަށް ފަހަތުގައޭ ތަމެން އަދި ޖެހޭނީ އަލިފު ބާ ޖަހަންއޭ މިކަމުގައި ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ.

    17
    12
    CLOSE
  • ދަނޑި

    ކޮން ފެބް އެކެއްގެ އަމުރެއްތޭ

    19
    10
    CLOSE
  • ބަލާތި

    އިންތިހާބުގެ ކުރިން ވެސް ގާނޫނުގެ ބާރު ފުރިހަމަ އަށް ހިނގުން މުހިއްމު ކަމަށް އިންޑިއާ ބުނާއިރު އިންޑިއާ އެކަކަށް ވެސް މިގައުމުގެ ރިޔާސީ އިންތިޚާބުގައި ވޯޓް ލެވޭތޭ ނޫން ނުލެވޭދޯ.

    22
    12
    CLOSE
  • ވަޓް

    ޕީޖީއަށް މުގާބިލުގެ މާނަ ރަނގަޅަށް އޮޅުންފިލާފައި ނެތްކަން ވަރަށް ރަނގަޅަށް އިނގޭ.

    15
    5
    CLOSE
  • ބާބޫ

    ބަޔާން ނެރެންގެ ވަންޏާ ވާނެ އެހެން ކަމެއް ނުކުރެވޭނެ އިންޑިއާއަކަށް މިއީއަކީ އިންޑިއާ ކުރިން ގޮނޑިކޮއްކޮ ހަދައްދައިގެން ގެންގުޅުނު ދިވެހި ރާއްޖެއެއް ނޫން. އެގޮތަށް ގެންގުޅޭ ބޫޓާނާ ނޭޕާލާ ބަންގާޅާ

    27
    8
    CLOSE
  • ދަވޭ

    އސްޕްރީމް ކޯޓުން ފެބްރުއަރީ މަހު 1 ވަނަ ދުވަހު ނެރުނު އަމުރު ވަނީ ބާތިލް ކޮށްފައޭ ގަމާރު

    25
    11
    CLOSE
  • ނަ

    ތިޔަބުނާ ފެބުރުއަރީ 1 ގެ ހުކުމަކީ ކޮންހަމަޔަކުން ކޮންގާނޫނަކުން ނެރުނު ހުކުމެއް؟ އެހުކުމްނެރެ އެ ތަންފީޒުކުރަންޏާ އެބާތިލުކުރިއެތިވެސް ކުރަންޖެހޭނެ.

    21
    5
    CLOSE
  • ވަޓް

    ކަލެއަކަށްނޭނގޭތަ ގާނޫނު އަސާސީގަ ބުނާއެއްޗެއް. ޢެހެންވިއްޔާ އަޑުއަހާ. ސުޕްރީމް ކޯޓުގެ ފުރިހަމަ އިއްތިފާގުން ނެރުނު އަމުރު ގާނޫނާއި ޚިލާފަށް 3 ފަނޑިޔާރުންނަށް ބާތިލްކުރެވޭނެ އެއްވެސް ހަމައެއް ގާނޫނުގަ ބުނެފައެއްނެތް. މިހާރު ސުޕްރީމްކޯޓުގައި ތިބި ތިންފަނޑިޔާރުން ފެންވަރާއިމެދުވެސް ސުވާލުއުފެދޭ. މީ ރާއްޖޭގެ އެންމެ މަތީކޯޓުގައިތިބި ފަނޑިޔާރުންގެ ފެންވަރު.

    10
    24
    CLOSE
  • ޢަލީ

    އަޖައިބެއްކަހަލަކަމެއް! ކޮންއަމުރެއްތަ ތަންފީޒު ނުކުރެވިގެން ތިއުޅެނީ. އެއީ ބާޠިލު އަމުރެކޭ. މޮޔަނުގޮވަބަލަ. ކިހާބޮޑުވެއްޖެކަމެއް. މި މީހުންނަށް އަޅެފަހެ ނޭނގެނިތަ. އެ އަމުރެއް ނެރެފައޮތްގޮތް. ކޮންމެވެސް ބަޔަކު ވެއްޖެއެއްނު އިންޑިޔާގެ އެމްބެސެޑަރ އަށް ކިޔައިދީގެން މި ވެގެންއުޅޭ އެއްޗެއް ފަހުމް ކޮށްދޭން. އެ ސޮރު ގެންދެބަލަ ފޮރިން މިނިސްޓްރީއަށް. ގެންގޮސް ރަނގަޅަށް ކިޔައިދީބަލަ.

    37
    10
    CLOSE
  • ހިޔަޅު

    ކޮކާ ބުނެދީބަލަ ފަސް ފަނޑިޔާރުންގެ އަމުރު ތިން ފަނޑިޔާރުންނަށް ބާތިލު ނުކުރެވޭނެކަމަށް އޮތް ގާނޫނެއް ނޫނީ ގަވާއިދެއް؟

    6
    1
    CLOSE
  • ކޮކާ

    ފަސްފަނޑިޔާރުންގެ އިއްތިފާގެއް ތިންފަނޑިޔާރަކައް ބާތިލުކުރެވޭނެ ގޮތެއްނެތް! މޮޔަނުގޮވާ!

    10
    30
    CLOSE

ފަހުގެ ޚަބަރު