ކުޅިވަރު

ނާއިލް އިނގިރޭސި ވިލާތަށް

ދުނިޔާގެ އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕްގައި ވާދަ ކުރަން ރާއްޖޭގެ ޒުވާން ދުވުންތެރިޔާ މުހައްމަދު ނާއިލް އިނގިރޭސި ވިލާތަށް ދާން ފުރައިފި އެވެ.

އިނގިރޭސިވިލާތުގެ ބާމިންހަމްގައި މިއަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ބާއްވާ ޗެމްޕިއަންޝިޕްގައި ނާއިލް ވާދަ ކުރާނީ، 400 ކިލޯމީޓަރު ދުވުމުގަ އެވެ. ނާއިލްއަކީ 400 މީޓަރު ދުވުމުން ގައުމީ ރެކޯޑްތައް މިހާރުވެސް އޮންނަ ދުވުންތެރިޔެކެވެ.

ނާއިލްގެ ރެކޯޑްތައް:

- ބޮޓްސްވާނާ އެތުލެޓިކްސް އެސިއޭޝަން ގެ މިޑްލޭ ރިލޭގައިގައުމީ ރެކޯޑް 2016
- ލެފިކާ ރިލޭ މީޓް ގައި 400 ގުނަ 200 ގައި ދުވެގެން ގައުމީ ރެކޯޑް 2016
- ބޮޓްސްވާނާ އެތުލެޓިކްސް އެސޯސިއޭޝަންގެ ސީރީޒް 2018 ގައި ދުވެގެން ގައުމީ ރެކޯޑް
- ބޮޓްސްވާނާގެ ގައުމީ ޗެމްޕިއަންޝިޕްގައި ދުވެގެން 400 މީޓަރުގެ ގައުމީ ރެކޯޑް 2016

ނާއިލް ތަމްރީން ހަދަމުން އަންނަނީ ބޮޓްސްވާނާގައެވެ. އޭނާގެ ކޯޗަކީ ކުރިގެ އޮލިމްޕިކް އެތުލީޓް ޖަސްޓިސް ޑިޕީބާ އެވެ. އޭނާ އަކީ ބޮޓްސްވާނާގެ މިހާރުގެ އެންމެ މަޝްހޫރު އެތުލީޓް އިސްސާކް މަކަވަލާގެވެސް ޕާސަނަލް ޓްރެއިނަރެވެ.