ކުޅިވަރު

ނިއުމޯނިއާ ޖެހިގެން ބޮކްސިން ލެޖެންޑް މުހައްމަދު އަލީ ހޮސްޕިޓަލުގައި

0%
0%
0%

އެމެރިކާގެ ބޮކްސިން ތަރި، މުހައްމަދު އަލީ އަށް ނިއުމޯނިއާ ޖެހިގެން ހޮސްޕިޓަލުގައި އިއްޔެ އެޑްމިޓްކޮށްފައިވާ ކަމަށް އޭނާގެ ތަރުޖަމާނު ބޮބް ގަނޭލް ބުނެފި އެވެ.

ގަނޭލް ބުނެފައި ވަނީ ހޮސްޕިޓަލްގައި އަލީ އެޑްމިޓްކޮށްފައިވީ ނަމަވެސް އޭނާގެ ހާލު އެހާ ގޯސް ނޫން ކަމަށެވެ. ނިއުމޯނިއާގެ ފުރަތަމަ މަރުހަލާގެ މައްސަލައެއް ކަމުން ހޮސްޕިޓަލުގައި މާ ގިނަ ދުވަސްތަކެއް ނުވެ ދޫކޮށްލާނެ ކަމަށް ވެސް ތަރުޖަމާނު ބުންޏެވެ.

އޭނާ ބުނީ އަލީ އަށް ފަރުވާ ދެމުން ދަނީ އޭނާގެ ހާއްސަ ޑޮކްޓަރުންގެ ޓީމަކުން ކަމަށެވެ. އުމުރުން 72 އަހަރުގެ އަލީ އަކީ ތުރުތުރުއަޅާބަލި ވެސް ޖެހިފައިވާ ފަރާތެކެވެ.

ބޮކްސިން ރިންގުގައި އޭނާ އަށް ދުނިޔޭގެ ސަމާލުކަން ލިބިގެން ދިޔައީ އޮލިމްޕިކްގައި އުމުރުން އެންމެ 18 އަހަރުގައި ލައިޓް-ހެވީވެއިޓް ކެޓަގަރީން ކާމިޔާބުކުރި ރަން މެޑައްޔާއެކުގަ އެވެ. ދުނިޔޭގެ ހެވީވެއިޓް ޗެމްޕިއަންކަން އޭނާ ހޯދީ އޭރުގެ ޗެމްޕިއަމް ސޮނީ ލިސްޓޮން ބަލިކުރުމަށް ފަހު އެވެ. އެއީ 1964 ވަނަ އަހަރެވެ.

ބޮކްސިން އިން އޭނާ ރިޓަޔާކުރީ 1981 ވަނަ އަހަރު އެވެ. އޭގެ ތިން އަހަރު ފަހުން އޭނާ ވަނީ ތުރުތުރުއަޅާ ބައްޔަށް (ޕާކިންސަން ޑިޒީސް) އަށް ޑައިގްނޯސްކޮށްފަ އެވެ.

ސަސިއަސް ކްލޭ އިން މުހައްމަދު އަލީ އަށް އޭނާގެ ނަން ބަދަލުކުރީ 1964 ވަނަ އަހަރު ހޯދި ތާރީޚީ ކާމިޔާބީ އަށް ފަހު އެވެ.

 

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910