ލިވަޕޫލް

ލިވަޕޫލުން ސަލާހުގެ އެއްބަސްވުން އާކޮށްފި

ލިވަޕޫލް އަށް ކުޅެމުން އަންނަ
0%
0%
0%

މި ސީޒަން ނިމުމުން ލިވަޕޫލް ދޫކޮށްލާނެ ކަމަށް ބެލެވުނު މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ލިވަޕޫލްއާއެކު އިތުރު ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އޭނާގެ ކުރީގެ އެއްބަސްވުން ހަމަވާން އޮތީ މި އަހަރުގެ ސީޒަނުގެ ނިޔަލަށެވެ.

އުމުރުން 32 އަހަރުގެ ސަލާހު ސީޒަނުގެ ތެރޭގައި ދެއްކި ވާހަކަތަކާއި، ސައުދީ އަރަބިއްޔާއަށް ބަދަލުވާން އުޅޭ ކަމަށް ދެކެވުނު ވާހަކަތަކާ ގުޅިގެން އޭނާ ލިވަޕޫލްގައި މަޑުކުރާނެ ކަމާމެދު ޝައްކުތަކެއް ކުރިން އުފެދުނެވެ.

މި އެއްބަސްވުމާއެކު، ސަލާހު ލިވަޕޫލަށް ކުޅެފައިވާ 394 މެޗުން ޖަހާފައިވާ 243 ލަނޑާއި 109 އެސިސްޓްގެ އަދަދު އިތުރުކުރުމުގެ ފުރުސަތެއް ވަނީ ލިބިފަ އެވެ.

"އަހަރެން މިތާ 8 އަހަރު ކުޅެފިން، އަދި އުއްމީދުކުރަނީ 10 އަހަރު ވާނެ ކަމަށް. އަޅުގަނޑުގެ ކެރިއަރުގެ އެންމެ ރަނގަޅު އަހަރުތައް ހޭދަކުރެވުނީ މިތަނުގައި" މީޑިއާއާ ވާހަކަ ދައްްކަމުން ސަލާހު ބުންޏެވެ.

ސަލާހު ވަނީ މި ސީޒަނުގައި ހުރިހާ މުބާރާތްތަކެއްގައި 32 ލަނޑު ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރެއިން ޕްރިމިއާ ލީގުގައި 27 ލަނޑު ޖަހާފައިވާއިރު، އޭނާ އަންނަނީ ލިވަޕޫލްގެ 20 ވަނަ ލީގު ތަށި ކާމިޔާބުކުރުމަށް މުހިންމު ދައުރެއް އަދާ ކުރަމުންނެވެ.

ރޮމާއިން 2017 ވަނަ އަހަރު ލިވަޕޫލަށް ސޮއިކުރި ފަހުން އޭނާ ވަނީ ޗެމްޕިއަންސް ލީގް، ޕްރިމިއާ ލީގް، އެފްއޭ ކަޕް، ލީގް ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.

ސަލާހަކީ މި ސީޒަނުގެ ނިޔަލަށް އެއްބަސްވުން ހަމަވާނެ ލިވަޕޫލްގެ މުހިއްމު ތިން ކުޅުންތެރިންގެ ތެރެއިން އެކެކެވެ. އޭނާގެ އިތުރުން ޑިފެންޑަރުން ކަމަށްވާ ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް އަދި ވާޖިލް ވަން ޑައިކްގެ އެއްބަސްވުންވެސް ހަމަވާނެ އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން، ސަލާހްގެ ކުރީގެ އެއްބަސްވުމުގައިވާ ގޮތުން އޭނާއަށް ހަފްތާއަކު 350،000 ޕައުންޑު ލިބޭ ކަމަށް ވެއެވެ. އަދި މިއީ ކްލަބުގެ ތާރީހުގައި ދެވޭ އެންމެ ބޮޑު މުސާރަ ކަމަށްވެސް ބެލެވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910