ފިނިޕޭޖް

ނެޓްފްލިކްސްގެ އާ ބިރުވެރި ފިލްމުން ފިތްކަނޑުވާލާނެ

ބިރުވެރި ފިލްމެއް ބަލާލަން ބޭނުން ހެއްޔެވެ؟ ނެޓްފިލްކްސްގެ އާ ބިރުވެރި ފިލްމު "ވެރޯނިކާ" ބަލާށެވެ. ރޮޓެން ޓޮމާޓޯގައި ސަތޭކަ އިންސަންތައް ރޭޓިން އޮތް އެ ފިލްމު ބަލާ މީހަކު ބިރުން ފިތްކަނޑައިގެން ދާނެ އެވެ.

ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ފިލްމަކީ 1992 ވަނަ އަހަރު މެޑްރިޑުގައި ހިނގި ކަމެކެވެ. މި ފިލްމުގެ ޕްލޮޓް ބިނާވެފައި އޮންނަނީ ޅައުމުރުގެ ކުއްޖެއްކަމަށްވާ ވެރޯނިކާ އާއި އޭނާގެ ރައްޓެހިން ހަނދު ކޭތަ ހިފި ރެއެއްގެ ޖިންނި ގެނައުމަށް ތަށި ދުއްވުމުން ދެން ދިމާވާ ކަންތައްތަކުގެ މައްޗަށެވެ.

"ވެރޯނިކާ" އަކީ ސްޕެއިންގެ ފިލްމެކެވެ. މި ފިލްމު ރިލީޒްކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހު އެވެ. އެ ފިލްމަކީ ފާއިތުވި ހަފްތާގެ ތެރޭގައި ނެޓްފިލްކްސުން އެ މީހުންގެ ސައިޓަށް އަލަށް އެޅި ކޮންޓެންޓުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. އިނގެރޭސި ސަބްޓައިޓަލްސްއާއެކު ނެޓްފިލްކްސް އިން މި ފިލްމު ބެލޭނެ އެވެ.

"ވެރޯނިކާ" ގެ އޮފިޝަލް ޓްރެއިލާ.

އެ ފިލްމު ޑައިރެކްޓުކޮށްފައި ވަނީ 2007 ވަނަ އަހަރު ނިކުތް ބޮޑު މަގޫބުލުކަމެއް ހޯދި ސްޕެއިންގެ ބިރުވެރި ފިލްމު "ރެކް" ގެ ޓައިރެކްޓަރު ޕާކޯ ޕްލާޒާ އެވެ. ބިރުވެރި ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުން މި ފިލްމުވެސް ބަލާލަން ރަނގަޅު ވާނެ އެވެ.

މި ފިލްމު ވަނީ ޓޮރޮންޓޯ ފިލްމު ފެސްޓިވަލުގައި އަޅުވައިގެންވެސް ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ.