ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ހިންގާ ޝަހްސު އޮޅުވައިލުމުގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި އެވެ.
މިހާރު ވެސް ބަންދުގައި ހުރި ފާރިސްގެ މައްޗަށް ތުހުމަތު ކޮށް ކްރިމިނަލް ކޯޓްގައި އުފުލި އެ ދައުވާއަކީ ގަވައިދާ ހިލާފަށް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކުރެއްވިއެއްގެ ދައުވާ އެކެވެ.
މާދަމާއަށް ތާވާލް ކޮށްފައިވާ ޝަރީއަތުގެ އަޑުއެހުމަކީ ފާރިސްގެ ދިފާއީ ހެކިންގެ ހެކިބަހާ ބެހޭ ގޮތުން ވާހަކަ ދެއްކުމެވެ.
ފާރިސްގެ މައްޗަށް މިހާރުވެސް އިތުރު ތުހުމަތައް ވަނީކޮށްފައެވެ. އޭގެ ތެރޭގައި ރިޝްވަތު ދިނުމާއި ސަރުކާރު ވައްޓާލަން ރޭވުން ފަދަ ތުހުމަތުތައް ހިމެނެ އެވެ.