ކުޅިވަރު

ބިލިއަޑް ނައިންބޯލްގެ ގައުމީ ޗެމްޕިއަނަކީ ސަނީފް

ބިލިއަޑްގެ ނައިބޯލް ނެޝަނަލް ޗެމްޕިއަންޝިޕްގެ ފައިނަލު މެޗުގައި، އަހްސަން ހާޝިމް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހުސައިން ސަނީފް ހޯދައިފި އެވެ.

ސަނީފް މެޗު ކާމިޔާބު ކުރީ 9-5 ންނެވެ. (ނުވަ ފްރޭމް ފަސް ފްރޭމުންނެވެ.) އެންމެ ފަހުން އެކުލަވާލި ގައުމީ ޓީމުގައި ހިމެނޭ އަހްސަން ބަލިވީ ގައުމީ ޓީމުގެ ހިމެނިފައި ނުވާ ކުޅުންތެރިޔެއް އަތުންނެވެ. އަހްސަން އަކީ ރާއްޖޭގެ ފަސް ވަނަ އެވެ.

ސަނީފް މުބާރާތުގެ ފައިނަލަށް ދިޔައީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބު ކޮށްގެންނެވެ. މުބާރާތުގެ ގަވައިދު ހަމަޖެހިފައިވާ ގޮތުން، މޮޅުވާ ކުޅުންތެރިން ދަނީ އެއް ފަޅި އަށެވެ. އެއް މެޗުން ބަލިވާ ކުޅުންތެރިން ދާނީ އަނެއް ފަޅި އަށެވެ.

މުބާރާތުގެ ތިން ވަނަ ހޯދީ، ރާއްޖޭގެ ރޭންކިންގެ 14 ވަނަ މުހައްމަދު ދުންޔާޒް އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކީ މަސްހޫދު އިބްރާހިމް އެވެ. އެންމެ ގިނައިރު ވަންދެން ރަން ކުރިއަށް ގެންދިޔަ ކުޅުންތެރިޔަކީ ހަސަން ޝާޒް މުހައްމަދެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

  • މުހައްމަދު ޝަރީފް
  • އަހްމަދު ޝަރީފް ހުސައިން
  • ހަސަން ޝާޒް
  • ހަސަން ފަޔާޒް
  • އިސްމާއީލް ސްވައިދު