އަހުމަދު ޝަރީފް އާދަމް

އީސީގެ ރައީސް ކަމަށް ޝަރީފު ހޮވައިފި

Mar 6, 2018
1

އިލެކްޝަން ކޮމިޝަން (އީސީ) ގެ ރައީސް ކަމަށް، އެ ކޮމިޝަނުގެ މެންބަރު ކަމަށް މިއަދު އައްޔަން ކުރިން އަހުމަދު ޝަރީފު އާދަމް ހޮވައިފި އެވެ.

ޝަރީފު ރައީސް ކަމަށް ހޮވި އިރު އޭނާ ކޮމިޝަންގެ މެމްބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވީ މިއަދު އެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޝަރީފަށް ހުވާ ލައި ދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އާދަމް މުހައްމަދެވެ.

ޝަރީފަށް މަޖިލީހުން ރުހުން ދިނީ އެ މަޖިލީހުގެ 33 މެމްބަރުންގެ ވޯޓުންނެވެ.