ފިނިޕޭޖް

"ދަހްލީޒް" ޑްރާމާގެ ބަތަލާ ރާއްޖޭގައި

ސްޓާ ޕްލަސް އިން 2016 ވަނަ އަހަރު ގެނެސްދިން ލޯބީގެ ކޯޓްރޫމް ޑްރާމާ "ދަހްލީޒް" ގެ ބަތަލާއި ތްރީދާ ޗައުދަރީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

ތްރީދީ ޗުއްޓީ ހޭދަކުރަމުންދަނީ ސަން އެކުއާ ވިލު ރީފް ރިސޯޓުގަ އެވެ. އޭނާ އޮފިޝަލް އިންސްޓަގުރާމް ޕޭޖުގައި ރިސޯޓުގައި ނަގާފައިވާ މަންޒަރުތައް ދަނީ ހިއްސާކުރަމުންނެވެ. އޭނާ ރާއްޖެއައީ މީގެ ދެ ދުވަސް ކުރިންނެވެ.

ހިންދީ ޑްރާމާ ސިލްސިލާ ދަހްލީޒްގައި ތްރީދީ ފެނިގެންދިޔައީ ހަރްޝަދު އަރޯރާ އާއެކު އެވެ. އޭނާ އެންމެފަހުން ފެނިގެންދިޔައީ ވިކްރަމް ބަޓްގެ ވެބް ސީރީޒް "ސްޕޮޓް ލައިޓް" އިންނެވެ. އޭނާ މިހާރު ދަނީ މަސައްކަތް ކުރަމުންދަނީ "ދުލްހާ ވޯންޓެޑް" ކިޔާ ފޭސްބުކް ވެބް ސީރީޒެއްގެ މަސައްކަތުގަ އެވެ.

އުމުރުން 24 އަހަރުގެ ތްރީދީ ވަނީ ޓެލުގޫ އަދި ބެންގާލީ ފިލްމުތަކުގައިވެސް މަސައްކަތްކޮށްފަ އެވެ.