ވިޔަފާރި

ރާއްޖެއިން ބައިވެރިވާ އައިޓީބީ ފެއާ ޖަރުމަނުގައި ފަށައިފި

Mar 7, 2018

ރާއްޖޭގެ ސަތޭކަ ކުންފުންޏާއެކު ބާލިންގައި ބާއްވާ އައިޓީބީ ފެއާ މިއަދު ފަށައިފި އެވެ.

އައިޓީބީ ފެއާ އަކީ ފަތުރުވެރިކަމުގެ ދާއިރާއިން ބާއްވާ އެންމެ ދުނިޔޭގެ ފެންވަރުގެ ބޮޑު އެއް ފެއާއެވެ. އާދީއްތަ ދުވަހުގެ ނިޔަލަށް ޖަރުމަނުގައި ކުރިއަށްގެންދާ އައިޓީބީ ފެއާގައި ރާއްޖޭގެ 100 ކުންފުންޏަކުން 280 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.

ޖަރުމަނުގައި މިއަދު ފެށި ފެއާގައި ރާއްޖެ ޕްރޮމޯޓްކުރުމަށް މަޓާޓޯ އިން ތައްޔާރުކޮށްފައިވާ "މޯލްޑިވްސް ފައިންޑާ"ގެ 6 ވަނަ އަދަދު މިއަދު ވަނީ ލޯންޗުކޮށްފަ އެވެ. ފޮތް ލޯންޗުކޮށްދެއްވީ ރާއްޖެއިން ޖަރުމަނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަމީލާ އަލީ ހާލިދެވެ.

މޯލްޑިވްސް ފައިންޑާ އަކީ ބޭރުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް މަޓާޓޯއިން ބޭނުންކުރާ އޮފިޝަލް ފޮތެވެ. އެ ފޮތުގައި ރާއްޖެއާއި ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭން ލިބެން ހުރި ތަފާތު ހިދުމަތްތައް ހިމަނާފައިވެ އެވެ.

މަޓާޓޯ އިން މިއަދު ލޯންޗުކުރި ޕަބްލިކޭޝަން، ރާއްޖެ ޕްރޮމޯޓްކުރާ އެކި ޕްލެޓްފޯމްތަކުގައި ގިނަ އަދަދަކަށް ބަހަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިއަހަރުގެ ނިޔަލަށް މަދުވެގެން 10،000 ކޮޕީ އެކި ފެއާ، ރޯޑްޝޯތަކުގައި ބަހަން ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިއަހަރުގެ އައިޓީބީ ބާލިންގައި 180 ގައުމަކުން 10000 އަށްވުރެ ގިނަ ފަރާތްތަކުންް ވަނީ ބައިވެ އެވެ.