ކަނޑުމަތީގެ ހާދިސާ

މުދާ އުފުލި ދޯންޏެއް ފަރަށް އަރައިފި

Mar 11, 2018
2

އައްޑު އަތޮޅުގައި ތަރައްގީ ކުރާ ރިސޯޓަކަށް ތިލަފުށިން މުދާ ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި އެވެ. މީހަކަށް މި ހާދިސާގައި ގެއްލުމެއް ނުވެއެވެ.

އެމްއެންޑީއެފުން ބުނީ ކ. ވާގަލި ކައިރީ ގައި އޮންނަ މާދިއްގަރު ފަޅުގެ ހުޅަނގު ފަރާތައް އުރުނީ "ސިގްނަލް 3" ކިޔާ 95 ފޫޓުގެ ދޯންޏެއް ކަމަށާއި އެ ދޯނި ފުންކޮށް ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ދިވެއްސަކާއި ތިން ބިދޭސީން ތިބި އެ ދޯނި ފަރަށް އެރީ ރޭ ފަތިހު 4:00 ޖެހި އިރު އެވެ.

ދޯނި ފުންކުރުމުގެ މަސައްކަތުގައި ދޯނީގެ ވެރިފަރާތް ވެސް އެމްއެންޑީއެފާ ބައިވެރިވެ އެވެ.