ބިލެތްފަހި

ނެރުގެ ހިލަތަކުގައި ޖެހި ބޯޓެއް އަޑިއަށް

ބިލެތްފަހީ ފަޅަށް ވަންނަން އުޅެނިކޮށް ނެރުގެ ހިލަތަކުގައި ޖެހުނު "އުޅިއަށި" ބޯޓު ބަނދަރާ ގާތްކޮށްފަ --
0%
0%
0%

ށ. ބިލެތްފަހީ ފަޅަށް ވަންނަން އުޅުނު ބޯޓެއް އެ ރަށުގެ ނެރުގެ ހިލަތަކުގައި ޖެހި ފަޅައިގެން ގޮސްފި އެވެ.

މި ހާދިސާގައި ފަޅައިގެން ދިޔައީ މާލެއިން މުދާ ހިފައިގެން ދަތުރުކުރި "އުޅިއަށި" ބޯޓެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާ ހިނގީ އެ ބޯޓު ބިލެތްފަހީ ނެރުން ވަންނަން އުޅުމުގެ ތެރޭގައި އޮއިވަރެއްގައި ޖެހި ނެރުގެ ހުޅަނގުފަރާތު ހިލަތަކުގައި ޖެހިގެންނެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މި ހާދިސާ ހިނގީ މިއަދު ހެނދުނު އެވެ.

އޭނާ ބުނި ގޮތުގައި ބޯޓު ބަނދަރާ ކައިރި ކުރިއިރު ބޯޓުގެ ބޮޑު ބައެއް އޮތީ އަޑީގަ އެވެ.

މި ހާދިސާ ހިނގުމުން ރަށުގެ ރައްޔިތުން ނިކުމެ ވަނީ ބޯޓުގައި ހުރި މުދާތައް ބަނދަރުމައްޗަށް ބާލާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910